ads
ފޮޓޯ: އަވަސް
ފިޔާ، އަލުވި އަދި ބިހުގެ އަގު ކޮންޓްރޯލްކޮށް އަގު ބޮޑުކޮށް ވިއްކާނަމަ ލައްކަ އަކުން ޖޫރިމަނާ ކުރަނީ
ރާއްޖޭގެ މާކެޓުގައި ފިޔައި، އަލުވި އަދި ބިހުގެ އަގު ކޮންޓްރޯލްކޮށް އަގު ބޮޑުކޮށް ވިއްކާ ނަމަ ލައްކަ އަކުން ޖޫރިމަނާ ކުރާނެކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފިއެވެ.
Advertisement

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުދާ ގަންނަ ފަރާތްތަކާ ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ހ) ގެ ދަށުން މިވަގުތު ގައުމުގެ އިގްތިސާދީ ހާލަތު ހުރިގޮތުން ބައެއް ތަކެތީގެ އަގު ކޮންޓްރޯލްކުރުމަށް ނިންމާފައިވާ ކަމަށެވެ. 

އޭޕްރިލް މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ފިޔައި، އަލުވި، ބިސް އަދި މުގު ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައަޅާ އަގުބޮޑު ކޮށް ވިއްކާނަމަ ޖޫރިމަނާ ކުރާނެ ކަމަށް ބަޔާނުގައި ވެއެވެ. އެގޮތުން ފިޔައި އަދި އަލުވި ކިލޯ އެއް 20 ރުފިޔާ އަށް ވިއްކުމަށް ހަމަޖައްސާފައި ވާއިރު، ހުދު ބިހެއް ގެ އަގަކަށް ހަމަޖައްސާފައި ވަނީ އެއް ރުފިޔާ އަށްޑިހަ ލާރި އަށެވެ. އަދި މުގު ކިލޯއެއްގެ އަގަކީ 45 ރުފިޔާ ކަމަށް އެ މިނިސްޓްރީން ވަނީ ނިންމާފަ އެވެ. 

އިކޮނޮމިކް މިނިސްޓްރީން އިތުރަށް ބުނެފައި ވަނީ މި އަގުތައް ކޮންމެ ހަފްތާއަކު މުރާޖާ ކުރެވޭނެ ކަމަށާއި އިއުލާނުގައި ވާ އަގުތަކަށް ވުރެ ބޮޑު އަގުގައި މުދާ ވިއްކައިފިނަމަ އެންގުމާ ހިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް އެންމެ ގިނަވެގެން 100,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ މީހަކު އެންމެ ގިނަވެގެން 100,000 ރުފިޔާއިން ޖޫރިމަނާކޮށް، ހަ މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

96%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް