ads
ހެލްތް މިނިސްޓަރު
ފަލަސްތީނަށް ސިއްހީ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށް މިނިސްޓަރު ގޮވާލައިފި
ފަލަސްތީނަށް ސިއްހީ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށް ހެލްތް މިނިސްޓަރު ޑރ.އަބްދުﷲ ހަލީލް ގޮވާލައިފި އެވެ.
Advertisement

މިނިސްޓަރު މިހެން ގޮވާލާފައިވަނީ ސްވިޓްޒަލޭންޑްގެ ޖެނީވާގައި އޮތް 77 ވަނަ ވޯލްްޑް ހެލްތް އެސެމްބްލީގައި ވާހަކަދައްކަވަމުންނެވެ.

އިންސާނީ ހައްގުތަކަށް ހޭލުންތެރިކުރުމުގެ ގޮތުން އާންމުކޮށް ވާހަކަ ދައްކަވަމުން، ސިއްހަތަކީ އިންސާނީ ހައްގެއް ކަމުގެ އުސޫލުތައް ހިއްސާކުރި ނަމަވެސް، ހަނގުރާމާގެ ސަރަހައްދުތަކުގަޔާއި ހާއްސަކޮށް ގާޒާގައި ދިރިއުޅޭ ރައްޔިތުން ދަތި އުނދަގޫތައް ތަހައްމަލްކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އާންމުންގެ ފުރާނައަށް ގެއްލުންލިބި، ސިއްހީ މަރުކަޒުތައް ހަލާކުވެ ނެތި ދިއުމަކީ ބޮޑު ކަންބޮޑުވުމެއް" މިނިސްޓަރު ހަލީލު ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކާއި ސިއްހީ ހިދުމަތްތައް ހިމާޔަތްކުރުމަކީ ހުރިހާ ގައުމުތަކަށް ވެސް ކުރުން މުހިންމު ކަމެއްކަމަށާއި އިސްރާއީލު ހިމެނޭ ގޮތަށް އެއްވެސް ގައުމަކާއި އެއްވެސް ސަރުކާރެއްގެ އަމަލުތަކަށް ފާޑުކިޔުމަކީ ތަފާތުކުރުމާ ގުޅިފައިވާ ކަމެއް ނޫންކަަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިލްތިމާސް ކުރަން ހުރިހާ ގައުމުތަކުންވެސް ޣައްޒާގައި އުފެދިފައިވާ އިންސާނީ ދަތިކަން ހައްލުކުރަން މަސައްކަތްކޮށް، ސުލްހަވެރި ގަރާރުތަކަށް ކުރާ މަސައްކަތްތަކަށް ތާއީދުކުރުމަށް" ހެލްތު މިނިސްޓަރު ހަލީލު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރާކަން ޔަގީންކޮށްދީ، ބައިނަލްއަގްވާމީ މުޖުތަމައުން އިންސާފާއި ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރަންޖެހޭކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ފަލަސްތީނަށް އަވަސް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ދުނިޔޭގެ ސިއްހީ ޖަމިއްޔާއަށް ދޭ ސަޕޯޓު ހަރުދަނާކޮށް، ސިއްހީ ހިދުމަތްތެރިންނާއި ސިއްހީ ފެސިލިޓީތަކުގެ ރައްކާތެރިކަމަށް ވަކާލާތުކުރުމަށް މިނިސްޓަރު ވަނީ ގޮވާލާފަ އެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތައް ދަމަހައްޓަން އިލްތިމާސްކޮށް ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުއްދަ ދިނުމަށްވެސް މިނިސްޓަރު ވަނީ އެ ފޯރަމްގައި ގޮވާލާފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 35،700 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް