ads
ޖާވްނީ ކަޕޫރު
ސައިޓްތަކުން ފޮޓޯތައް ފެނުމުން ކަންބޮޑުވި: ޖާންވީ ކަޕޫރު
ކުޑައިރު އިވެންޓެއްގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ބަރަހަނާ ސައިޓްތަކުން ފެނުމުން އޭރު ވަރަށް ބޮޑަށް ކަންބޮޑުވިކަމަށް ޖާންވީ ކަޕޫރު ބުނެފިއެވެ.
Advertisement

ބޮލީވުޑުގެ ތަރި ޖާންވީ ކަޕޫރު، ކަރަން ޖޯހަރުގެ ޝޯއެއްގައި ވާހަކަ ދައްކަމުން  ޅަ އުމުރުން ސެކްޝުއަލައިޒްވި ހާދިސާއަކާ ބެހޭ ގޮތުން މަޢުލޫމާތު ހާމަކޮށްފިއެވެ. 

ޖާންވީ އާއި އޭނާގެ މަންމަ ސްރީދޭވީ، އިވެންޓަކަށް ދިޔަ ތަނުން 12 ނުވަތަ 13 އަހަރުގެ ޖާންވީގެ ފޮޓޯތަކެއް ނަގައި، "ޕޯނޮގްރަފިކް ސައިޓެއް" ކަހަލަ ތަނެއްގައި ޝާއިޢުކުރިކަމަށް އޭނާ ބުންޏެވެ. 

"ސްކޫލުގައި، ފިރިހެން ކުދީން އެ ފޮޓޯތަކަށް ބަލައި ބުލީކޮށްހެދި. އަދި އަންހެން ކުދިންގެ ހެދުމާ ގުޅުވައިގެން، ކެރެކްޓާ އެސެސިނޭޝަންގެ މައްސަލަ ވެސް ކުރިމަތިވި،" ޖާވްނީ ކަޕޫރު ބުންޏެވެ.

އޭނާ ބުނީ އޭރު އެފަދަ ފޮޓޯތަކެއް ބަރަހަނާ ސައިޓެއްގައި ޝާއިއު ކުރުމުން ވަރަށް ކަންބޮޑުވެ ޑިޕްރެސްވިކަމަށެވެ. 

މިވަގުތު ޖާންވީ އުޅެނީ "މިސްޓަރ އެންޑް މިސިސް މާހީ" ފިލްމުގެ ޕްރޮމޯޝަންތަކުގަ އެވެ. މި ފިލްމުގައި އޭނާ ކުޅެނީ ކްރިކެޓް ކުޅުންތެރިއެއްގެ ރޯލެކެވެ. ޖާންވީއާއެކު ފިލްމުގައި ރާޖްކުމާ ރާއޯ ވެސް ބައިވެރިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް