އަލީ މިހެން ބުނެފައިވަނީ އޭނާއަށް ރައްދުކޮށް މީހަކު ސޯޝަލް މީޑިއާގައި ކީ ފާޑުކިޔުމަކަށް ޖަވާބުދެމުންނެވެ.
ފޭސްބުކްގައި ކަރޯކޭ ޖެއްސުމާއި ދެކޮޅަށް އަލީ ރަމީޒު ކުރި ޕޯސްޓަކަށް ރައްދުކޮށް މީހަކު ވަނީ ރާފިޔަތު ލަވަކިޔުން އޯކޭތޯ ބުނެ ސުވާލު އުފައްދާފައެވެ. އަފި ފުރަތަމަ ރާފިޔަތު ލަވަކިޔިން ހުއްޓުވަން އޭނައަށް ނަސޭހަތް ދޭން ވެއްޖެކަމަށް ބުނެ އެމީހާ ވަނީ އަލީ ރަމީޒަށް ފާޑުކިޔާފައެވެ
މި ވާހަކަތަކަށް އަލީ ޖަވާބު ދީފައިވަނީ ވަރަށްވެސް އިހްރާމާއެކީއެވެ. އެ މީހާގެ ވާހަކަތަކަށް ޖަވާބު ދެމުން އަލީ ބުނީ އޭނާ މި ދުނިޔޭގައި ދެކެން ބޭނުންވާ އެއް ދުވަހަކީ ރާފިޔަތު ރަމީޒާ ލަވަކިޔުން ހުއްޓާލާ ދުވަސްކަމަށެވެ.
ރާއްޖޭގައި ލަވަކިޔުމުގައި އެންމެ ކުރީގައި ހުރުމަށްފަހު އައްޔަ ވަނީ އެ ކަން އެކޮށް ހުއްޓާލާފައެވެ. އަދި މިހާރު އައްޔަގެ އެންމެ މުހިއްމު މަސައްކަތެއްގެ ގޮތުގައި ދެކެ ކުރަނީ އިސްލާމް ދީނީގެ ދައުވަތު ފެތުރުމެވެ.