ads
ޔުނާން ޕްރޮވިންސްއާއި ރާއްޖެއާއި ދެމެދު މިހާރުވެސް ވިޔަފާރީގައި ގާތްގުޅުމެއް އޮވޭ
ޔުނާން ޕްރޮވިންސާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކުރަނީ
ޗައިނާގެ ޔުނާން ޕްރޮވިސްއާއި ރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
Advertisement

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިން ކޮމެޓީގެ ވައިސް ޗެއަރ ލީ ޝިއާއޯސަން މިހާރު ރާއްޖެއަށް ކުރައަށްވަމުންދާ ދަތުރުފުޅުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

މިނިސްޓަރު ސައީދު ވަނީ ޔުނާން ޕްރޮވިންސާއި ރާއްޖެއާއި ދެމެދު އޮތް ގާތްގުޅުން ފާހަގަކުރައްވާފައެވެ. އަދި ޔުނާންގެ ކުންމިންގައި ބާއްވާ ކުންމިންގު ފެއާރގެ ތެރެއިންނާއި ކުޅިވަރުގެ ދާއިރާއިން ހާއްސަކޮށް ޓޭބަލް ޓެނިސްގެ ދާއިރާއިން ތަމްރީންތައް ހިންގުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ވައިސް ޗެއަރ ލީ ޝިއާއޯސަންގެ މި ދަތުރުފުޅާއެކު ގުޅުންތައް އިތުރަށް ވަރުގަދަކޮށް، ވިޔަފާރި އާއި އިޤްތިސާދީ ދާއިރާއިން ދެ ޤައުމުގައި ހުރި ފުރުސަތުތައް ދެނެގަތުމަށް އެހީތެރިވެދޭނެ ކަމަށެވެ.

މިނިސްޓަރު ވަނީ ވައިސް ޗެއަރ ލީ ޝިއާއޯސަން އަދި ވަފުދުގައި ހިމެނޭ ފަރާތްތަކުން މިފަދަ ދަތުރެއް ރާއްޖެއަށް ކުރާތީ ޝުކުރު އަދާކޮށްފަ އެވެ. އަދި ޗައިނާ އާއި ރާއްޖެއާއި ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިގުތިސާދީ ޕާޓްނަރޝިޕަކަށް ބަދަލުވެފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ޗައިނާޔާއެކު ރަގަނޅު ގުލުމެއް އުފައްދަމުންނެވެ. އެގޮތުން ވިޔަފާރިއާއި އުމްރާނީ ތަރައްގީގެ ދާއިރާއިން ފުރުސަތު އިތުރުކުރުމަށް ދެ ގައުމުން އަންނަނީ ފުޅާ މަޝްވަރާތައް ބާއްވަމުންނެވެ.

އަދި ފްރީ ޓްރޭޑް އެގްރިމެންޓަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގާތް ގުޅުން ރަމްޒުކޮށްދޭ އެއްބަސްވުމެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ތަންފީޒު ކުރުމަށް ދިވެހި ސަރުކާރުން އޮތީ ތައްޔާރަށް ކަމަށާއި އެ އެގްރިމެންޓުގެ ދަށުން ޗައިނާއަށް މަސް ބޭރު ކުރުމަށް އިސްކަންދެއްވާނެ ކަމަށް ސަރުކާރުން މިފަހުން ވަނީ ބުނެފައެވެ.

ޗައިނާ އާއި ރައީސް ޑރ. މުއިއްޒުއާ އޮތް ގުޅުން އުފެދުނީ މިއަދު ނުވަތަ އިއްޔެއަކު ނޫނެވެ. އެއީ އެމަނިކުފާނު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު މަޑުމަޑުން އުފެދި ބޮޑުވަމުން އައި ގުޅުމެކެވެ.

އެ ގުޅުން އިތުރަށް ވަރުގަދަވީ ރައީސް މުއިއްޒު 17 ނޮވެމްބަރު 2023، ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އެމަނިކުފާނުގެ އެންމެ ފުރަތަމަ ރަސްމީ ދަތުރުގައި މި އަހަރު ޖެނުއަރީ މަހު ވަޑައިގަތީ ޗައިނާއަށެވެ. ރައީސްގެ އެ ދަތުރުގައި ރާއްޖެއިން ޗައިނާއާއެކު 20 އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް