ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޒުހޫރު އެޗްޑީސީގެ ޗެއާމަންގެ މަގާމުންނާއި ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
އޭނާ އެ މަގާމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން އައްޔަންކުރީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.
ޒުހޫރު ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމް ވެސް ފުރުއްވައިފަ އެވެ. އޭގެ ފަހުން ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަން އަދި ހޯމް މިނިސްޓަރުކަން ކުޑަ ދުވަސްކޮޅަކަށް ކުރެއްވި އެވެ.
ޒުހޫރު މަގާމުން ވަކިކުރެއްވިއިރު އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގު ވެސް ވަނީ މިއަދު ވަކި ކުރައްވާފަ އެވެ.