ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އަދި ޕީއެންސީގެ ޕީޖީ ލީޑަރާއި ނައިބް ލީޑަރު ކަމަށް ބޭފުޅުންގެ ނަންތައް ކަނޑައެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސްކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމް އިންތިހާބުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ހުށަހަޅުއްވާފައެވެ.
ރައީސް ހުށަހެޅުއްވީ ޕީޖީ ގުރޫޕްގައި ސީނިއާ ނައިބު ލީޑަރަކާއި އިތުރު ތިން ނައިބު ލީޑަރުން ތިއްބަވާ ގޮތަށެވެ. އެ ބޭފުޅުންނަކީ:
- މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް - ޑެޕިއުޓީ ލީޑަރު
- ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު - ޑެޕިއުޓީ ލީޑަރު
- ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް - ޑެޕިއުޓީ ލީޑަރު
އެ އެންމެންގެ ނަން ވެސް، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް ހޮވާނީ މިމަހުގެ 28 ވަނަ ދުވަހު މެންބަރުން ހުވާކުރެއްވުމަށް ބާއްވާ ޖަލްސާގައި މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.