ads
ޑރ. އަލީ ނަސީރު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް އަރިހުގައި
ޑރ.އަލީ ނަސީރު، ސަފީރުކަމުގެ ފަތްކޮޅު ގުޓެރޭސްއަށް އަރުވައިފި
ދިވެހިރާއްޖެއިން އެކުވެެރި ދައުލަތްތަކުގެ ޖަމިއްޔާއަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދުގެ ސަފީރުކަމުގެ ފަތްކޮޅު އދ. ގެ ސެކެޓްރީ ޖެނެރަލްއަށް މިއަދު އަރުއްވައިފި އެވެ.
Advertisement

އަލީ ނަސީރު ސަފީރު ކަމުގެ ފަތްކޮޅު އެރުވީ ނިއުޔޯކްގައި ހުންނަ އދ.ގެ މައި އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގަ އެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައީސްކަމަށް އިންތިހާބުވުމަށްފަހު އިންތިގާލީ މަރުހަލާގައި ރައީސްގެ ޓްރާންސިޝަން ކޮމިޓީގެ ޗެއާކަންކުރެއްވި އަލީ ނަސީރު, އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބަކަށް އައްޔަންކުރުމުގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމުގައެވެ.

ޑރ. އަލީ ނަސީރަކީ ރާއްޖޭގައި ހާރިޖީ ދާއިރާގައި އެންމެ ގިނަ ދުވަސްވީ އަދި އެންމެ ތަޖުރިބާހުރި ފަރާތެވެ.  

ހާރީޖީ ދާއިރާއާ މެއި 1985ގައި ގުޅިވަޑައިގެންނެވި އަލީ ނަސީރު ވަނީ ފޮރިން މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވާފަ އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އޭނާ ވަނީ އދ.ގެ ސަފީރުކަމުގެ މަގާމު ފުރުއްވާފަ އެވެ.

އޭގެ ކުރިން، އެ ސަރުކާރުގައި ފޮރިން ސެކެޓްރީގެ މަގާމު ވެސް ފުރުއްވި އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފޮރިން މިނިސްޓްރީގެ މަލްޓިލެޓްރަލް ސެކެޓްރީގެ މަގާމު ވެސް ފުރުއްވި އެވެ.

ޑރ. އަލީ ނަސީރު މަތީ ތަޢުލީމް ހާސިލް ކުރެއްވީ އޮސްޓރޭލިއާގެ ނެޝަނަލް ޔުނިވާސިޓީއިންނެވެ. މިގޮތުން އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް