ރޭ ކުޅުނު ޔޫރޮޕާ ލީގުގެ ފައިނަލް، އެޓަލާންޓާއިން ކާމިޔާބު ކުރީ ތިން ލަނޑު ސުން ލަނޑުންނެވެ. މިއީ، އެޓަލަންޓާ އިން ޔޫރަޕްގެ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ، ބައިގަރުނުގެ ތެރޭގައި އެޓަލާންޓާއަށް ލިބުނު ފުރަތަމަ ތަށިވެސްމެއެވެ.
އަނެއްކޮޅުން މިއީ ލެވަކޫސަންގެ ސީޒަންގެ ފުރަތަމަ ބަލިވެސްމެއެވެ. އެ ޓީމުން ޖަރުމަން ލީގު ނެގީ މެޗަކުން ބަލި ނުވެއެވެ. އަދި ސީޒަންގައި ބަލިނުވެ 51 މެޗު ހަމަކޮށް ޔޫރަޕްގެ ރިކޯޑު ހެދިއެވެ.
ރޭގެ ފައިނަލް މެޗުގައި ތިން ލަނޑުވެސް ޖެހީ އަޑެމޯލާ ލުކްމަންއެވެ.