މި ދެކުދިންނަށްވެސް ފަރުވާ ދެމުން އަންނަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައެވެ. އެއީ އުމުރުން 8 އަހަރުގެ ފިރިހެން ކުއްޖަކާއި 12 އަހަރުގެ އަންހެން ކުއްޖެކެވެ. މި ދެކުދިންހެ ހާލު ސީރިއަސްކަމަށްް އެ ހޮސްޕިޓަލުން ބުނެއެވެ.
މި ދެކުދިން ގަޔަށް ކަރަންޓް އައިތަން ފެނުނު ހޭނެތުނު 18 އަހަރުގެ ކުއްޖަކަށްވެސް ފަރުވާދެމުން އަންނަކަމަށް އުނގޫފާރި ރީޖަނަމަ ހޮސްޕިޓަލުން ބުނެއެވެ.
މި ދެކުދިންގެ ގަޔަށް ކަރަންޓް އައިސްފައިވަނީ މިއަދު މެންދުރު ވަގުތެއްގައެވެ. އޭރު އެކުދިން ތިބީ ވާރެއާ ތެމިގެން ފެންގަނޑުގައި ކުޅެންކަން އެނގިފައިވެއެވެ. މި ކުދިން ކުޅެން ތިބީ މަގުމައްޗަށް އަލިކުރަން ޖަހާފައި ހުރި ހޮޅިދަނޑިއެއްގެ ކައިރީގައިކަމަށްވެއެވެ.