ads
ވިކީއަށް ބިސްގަނޑު އަނެއް ފުށަށް ޖަހަން ވެސް ނޭންގުނު
ބޮލީވުޑުގެ ކުރިއަރަމުން އަންނަ ތަރި ވިކީއަށް ބިސްގަނޑު އަނެއް ފުށަށް ޖަހަން ވެސް ނޭންގުނެވެ.
Advertisement

އިންސްޓަގުރާމު މެދުވެރިކޮށް ވިކީ ހިއްސާކުރި ވީޑިއޯއިން ފެނިގެންދަނީ އެނާ ބިސްގަނޑު އަޅާ މަންޒަރެވެ. އަދި ބިސްގަނޑު އަނެއް ފުށަށް ޖެހަން އުޅުމުގެ ތެރޭގައި ބިސްގަނޑު ހަލާކުވާ މަންޒަރު ފެނިގެންދެއެވެ.

ބޮލީވުޑު ގިނަ ފަންނާނުން ގޭގައި އަވަދި ނެތި މަސައްކަތުގައި އުޅެމުން އަންނައިރު ވިކީ ވެސް އަންނަނީ ގޭގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އޭނާ ވަނީ ކުރިން ދުވަހު ގޭގެ ފަންކާތައް ސާފުކުރުމުގައި ވެސް އުޅެފައެވެ.

އުމުރުން 31 އަހަރުގެ ވިކީ ވިދާލީ މިދިޔަ އަހަރު ނެރުނު ފިލްމު "ރާޒީ"ގައި މަސައްކަތް ކުރި ފަހުންނެވެ. އޭގެ ފަހުން ބޮލީވުޑުން ގިނަ ފުރުސަތުތަކެއް އޭނާއަށް ލިބެމުން އަންނައިރު "ސަންޖޫ" އާއި "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް"ގައި ވެސް އޭނާ މަސައްކަތްކޮށްފައިވެ އެވެ. 

ވިކީ އެންމެ ފަހުން ފެނިގެންދިޔައީ "ބޫތު" އިންނެވެ. އެފިލްމަކީ ވިކީ ކުޅުނު ފުރަތަމަ ފިލްމު ވެސް މެއެވެ. ނަމަވެސް އެހާ ބޮޑު ތަރުހީބެއް ފިލްމަށް ލިބިފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް