ads
ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ދީމާ
ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ދީމާ
ދިރާގުގެ އާ ބްރޭންޑް އެމްބެސެޑަރަކަށް ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދިމާ އަލީ ހަމަ ޖައްސައިފިއެވެ.
Advertisement

ދީމާއަށް ރަސްމީކޮށް ބްރޭންޑް އެމްބެސެޑަރުކން ދެއްވީ ދިރާގު ސީއީއޯ އިސްމާއިލް ރަޝީދުއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ އެންމެ އާ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ދިމާ އޮންބޯޑް ކުރުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. އަދި މީގެ އިތުރުން މިރްޝާން ވިދާޅުވި ގޮތުގައި ދީމާއަކީ ގައުމަށް ފަޚުރެއް ކަމަށާއި އަދި، ދިމާ އަކީ އިންސްޕިރޭޝަނެއް ކަމަށެވެ.

ސްރީ ލަންކާގެ ބަންޑާރަ ބިމަންޑީއާ ބަލިކޮށް، ޕެރިސް އޮލިމްޕިކްސްއަށް ރާއްޖޭގެ ޒުވާން ޓީޓީ ތަރި ދީމާ އަލީ ކޮލިފައިވެ، ދީމާވަނީ ރާއްޖޭން އެންމެ ފުރަރަމަ އޮލިމްޕިކްސްއަށް ކޮލުފައިވީ އެތްލީޓުގެ ޝަރަފު ހޯދާފައެވެ. ދީމާ އަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިން ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕް ލިބުނު އެތުލީޓެކެވެ. އަދި މިދިިޔަ ސަރުކާރުން ފެށި އަރުތަ ޕްރޮގްރާމްގެ ތެރެއިން ވެސް ދީމާ އަށް ޓްރެއިނިންގެ ފުރުސަތުތައް ދީފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް