![](https://cnm.mv/media/images/IMG_6131-M_0.jpg)
ފޮރިން މިނިސްޓްރީން މިފަދައިން ބުނީ ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކަށް ދޭ ޓުއަރިސްޓް ވީޒާގެ އިންތިޒާމްތަކަށް ބައެއް ބަދަލުތަކެއް އެގައުމުން ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.
ލަންކާގެ ޓުއަރިސްޓް ވިސާ ސްކީމަށް މިއަދު ބަދަލުތަކެއް ގެނެސް، އޮންލައިންކޮށް ވިސާއަށް ހުށަހަޅަންޖެހޭ ގޮތަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް ރާއްޖެ، ސިންގަޕޫރު އަދި ސިޝެލްސްގެ ރައްޔިތުންނަށް އަދިވެސް އޮން-އެރައިވަލް ވިސާ ލިބޭނެ އެވެ.
ރާއްޖޭގެ ރައްޔިތުންނަށް އޮން-އެރައިވަލް 30 ދުވަހުގެ ވިސާ ލިބޭއިރު އެ ވިސާ އިތުރު ހަ މަހަށް ވެސް އިތުރު ކުރެވޭނެ އެވެ. ނަމަވެސް އެކަމަށް އެދި ހުށަހަޅަންޖެހޭނީ ޕޯޓަލެއް މެދުވެރިކޮށެވެ. އަދި އެގޮތަށް އެޕްލައި ކުރާއިރު ކުރިއާ ހިލާފަށް އެޑްމިނިސްްޓްރޭޓިވް ފީއެއް ނަގާނެކަމަށާއި އެ ފީ އުނިކުރުުމަށް މަޝްވަރާކުރަމުން ގެންދާކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ވަނީ ލަންކާއަށް ދަތުރުކުރާ އެއްވެސް ދިވެއްސެއް އިތުރު މައުލޫމާތު ސާފުކުރަން އެދޭނަމަ އެ މިނިސްޓްރީއާ ގުޅައިގެން ކުރިއަށް ދިއުމަށް އެދިފަ އެވެ.