ads
އެތްލެޓިކްސްގެ އާ އެކްސްކޯ
އެތްލެޓިކްސްގެ އެކްސްކޯ އިންތިހާބުކޮށްފި
އެތްލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބުގައި ރައީސްގެ މަގާމަށް، މިހާރު ވެސް އެކްސްކޯގައި ހިމެނޭ މެމްބަރު، މުސްތަފާ މުހައްމަދު (މުސްތޮ) އިންތިހާބުކޮށްފިއެވެ.

އެތުލެޓިކްސްގެ އިންތިހާބަށް ކެންޑިޑެސީ ހުށަހެޅުމުގެ މުއްދަތު ހަމަވީއިރު، ރައީސް ކަމަށް ކުރިމަތި ލެއްވީ މުސްތޮ އެކަންޏެވެ. އެހެން މަގާމްތަކަށްވެސް ކުރިމަތިލައްވާފައިވަނީ ކޮންމެ މަގާމަކަށްވެސް އެންމެ ފަރާތެކެވެ. އެހެންކަމުން ރޭ އޮތް އިންތިހާބު ނިމިގެންދިޔައީ ވާދަވެރިކަމެއް ނެތިއެވެ.

އެތްލެޓިކްސްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލް، ސްޕޯޓްސް ކޮމިޝަނަރު ކަމަށް ވަޑައިގެންނެވި ފަހުން ހުސްކޮށް އޮތް ރައީސްކަމުގެ މަގާމަށް އަލަށް އިންތިހާބުވީ، މުސްތޮވަނީ އެތުލެޓިކްސްގެ ހިންގާ ކޮމިޓީގައި ދެ ދައުރު ފުރިހަމަކުރައްވާފައެވެ.

މުސްތޮއާއެކު ނައިބު ރައީސަކަށް އިންތިހާބުވީ އަޒީލް އެވެ. ހަޒާންދާރުގެ މަގާމަށް ހަސްނާއު ރަޝީދު ހުސައިން އެވެ. އަދި އާންމު މެންބަރުންގެ ގޮތުގައި މިހާރު ވެސް އެ މަގާމު ފުރުއްވަމުން އަންނަ ހުސެއިން އަމީންގެ އިތުރުން، ކުރިން އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވި ދެ މެންބަރުން ކަމަށްވާ މުޙައްމަދު ޝާހިދު (ޝާޑު) އާއި މުޙައްމަދު ޝުޖާއު (ސުޖާ) އެވެ. ހިންގާ ކޮމިޓީގެ އަންހެން ކުރީގެ އެއް ވަނަ ދުވުންތެރިޔާ، ޔަޒުނީ ނަޝީދާ (ޔަޒޫ) އެވެ.

އެތްލެޓިކްސްގެ އާ އެކްސްކޯ ރޭ އިންތިހާބުވީ ކޮންމެ މަގާމަކަށް ވެސް ނެގި ފެންނަ ނުފެންނަ ވޯޓުގައި ކޮންމެ މެމްބަރަކު ވެސް ހޮވުނީ، ބައިވެރިވި، 15 މެމްބަރުންގެ ވޯޓާ އެކު، ފުރިހަމަ ތާއީދު ލިބިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް