ads
ސީއެޗްއެސްއީގެ ދަރިވަރުންތަކެއް--
ސީއެޗްއެސްއީ ހުޅުމާލެއަށް ބަދަލުކުރަނީ
މަތީ ސާނަވީއަށް ކިޔަވައިދިނުމަށް ހާއްސަ ކުރެވިފައިވާ ސެންޓާ ފޮ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ހުޅުމާލެއަށް ބަދަލުކުރަން ނިންމައިފި އެވެ.
Advertisement
މަތީ ސާނަވީއަށް ކިޔަވައިދިނުމަށް ހާއްސަ ކުރެވިފައިވާ ސެންޓާ ފޮ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ހުޅުމާލެއަށް ބަދަލުކުރަން ނިންމައިފި އެވެ.

އެ ސްކޫލު ހުޅުމާލެއަށް ބަދަލުކުރަން ނިންމިއިރު މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ސީއެޗްއެސްސީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އެސްކޫލު މިހާރު ހުރި އިމާރާތުގައި އަށް ބުރީގެ އިމާރާތެއް އެޅުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފަ އެވެ.

އެގޮތުން 30 މިލިއަން ރުފިޔާއަށް އެމަސައްކަތް ހަވާލުކޮށްފައި ވަނީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ބައެެއް ނޫސްތަކުން ބުނާ ގޮތުގައި އެ ސްކޫލު ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ރަޝީދު ކާޕެންޓްރީން އެތަނުގައި އާ އިމާރާތް އަޅަން ފެށި މަސައްކަތް ވެސް މިހާރު ވަނީ ހުއްޓާލާފަ އެވެ. ނަމަވެސް އެކަމާއި ގުޅޭ ގޮތުން އެޑިއުކޭޝަންގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެ އެވެ. މިހެންވެ އެތަން ކުއްލިއަކަށް ހުޅުމާލެއަށް ބަދަލުކުރަން ނިންމި ސަބަބު ސާފެއް ނުވެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒު މިދިޔަ އަހަރު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އާ އިމާރާތެއް އެ ސްކޫލުގައި އެޅި ނަމަވެސް މިހާރު ބޭނުން ކުރަމުން އަންނަ އިމާރާތް ވެސް ކިޔަވައިދިނުމަށް ބޭނުން ކުރާނެ އެވެ.

އެންމެ ފުރަތަމަ ސްކޫލު ހުޅުވިއިރު ހުރި ދެ ބުރި އިމާރާތް، ބާވެ ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެތަނަކީ ރައްކާތެރި ތަނެއް ނޫން ކަމަށް އެމްއެންޑީއެފުން އެންގުމާއެކު މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ވަނީ އެތަނުގައި ކިޔަވައިދިނުން ހުއްޓާލާފަ އެވެ. އެހެންވެ، 1500 ދަރިވަރުން ކިޔަވަމުން އަންނަ އެ ސްކޫލަށް ވަނީ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. އެހެންނަމަވެސް އަށް ބުރީގެ އިމާރާތާއެކު ޖާގައިގެ ދަތިކަން ހައްލުކުރެވި އިތުރު ދަރިވަރުންނަށް ވެސް އެތަނުގައި ކިޔަވަން ފުރުސަތު ދެވޭނެ ކަމަށް އޭރު ރިޔާޒު ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް