ސްކޫލް ބޮޑު ޗުއްޓީ ނިންމާ މާދަމާ ސްކޫލްތަކުގެ ކިޔެވުން ފަށާނީ 96،000 ދަރިވަރުންނާއި އެކުކަމަށްް ތައުުލީމީ ވުޒާރާއިން ބުނެއެވެ. އޭގެތެެރެއިން 83000 ދަރުވަރުން ކިޔަވަމުންދާނީ ސަރުކާރު ސްކޫލްތަކުގައެވެ.
ތައުލީމާއި ބެހޭ ވުޒާރާއިން ބުނީ މާލޭ ސަރަހައްދުގައި ކިޔަވާ ދަރިވަރުންގެ އަދަަކީ 26،000 ކަމަށެވެ. އެއީ ސަރުކާރު ސްކޫލްތަކުގައި ކިޔަވާ 17،000 ދަރިވަރުންނާއި ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ 9000 ދަރިވަރުންކަމަށެވެ.
ދިރާސީ އާ އަހަރުގެ ނަމްބަރުތައް
ސަރުކާރު 217 ސްކޫލެއްގައި މި ފެށޭ އަހަރު ކިޔަވާދޭއިރު 6 ސްކޫލެެއްގައި ކިޔަވާދިނުމަށް ހަމަޖެހިފައިވަނީ ސެޓްލައިޓްކޮށްކަމަށް ސަރުކާރުން ބުނެއެވެ.
އަބާދީ މަދުވުމުން ސްޓްލައިޓްކޮށް ކިޔަވާދޭ ސްކޫލްތައް
ތައުލީމާއި ބެހޭ ވުޒާރާއިން ބުނީ މި އަހަރު މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް އެކަކަށް މުޅިން އަލަށް 2250 ދަރިވަރުން ވައްދާފައިވާކަމަށެވެ. ރަށްރަށުގެ ސްކޫލްތަކަސް ގްރޭޑް އެކަކަށް އަލަށްް ގުޅުނު ދަރުވަރުންގެ އަދަދަކީ 2081 އެކެވެ.
މުދައްރިސުންގެ ހިސާބުތައް
ތައުލީމީ ވުޒާރާއިން ބުނީ ރަށްރަށުން މާލޭގެ ސްކޫލްތަކަށް 1126 ކުދިން ބަދަލުވެފައިވާކަމަށެވެ. އަދި މާލޭގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1000 ދަރިވަރުން ބަދަލުވިކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.