ads
ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު
ޖަމިއްޔާތައް ބާރުވެރިކުރުމަށް އެހީތެރިކަން ފޮރުކޮށްދިނުމުގައި ދެމިއޮންނާނަން: ވަޒީރު
ޖަމްއިއްޔާތައް ބާރުވެރި ކުރުމަށް ބޭނުންވާ އިންސާނީ ވަސީލައްތައް ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެ އެވެ.
Advertisement

ޖަމްއިއްޔާތަކުގެ މަހާސިންތާ ފެށުމަށް ގއ. ވިލިގިލީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ޖަމުއިއްޔާތަކުގެ މަހާސިންތާގެ އެންމެ ބޮޑު ބޭނުމަކީ މަދަނީ ޖަމިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި އުނދަގޫތައް ދެނެގަނެ އެކަން ހައްލުކުރުން ކަމަށެވެ. 

މިއީ ވަރަށް މުހިންމު ފެށުމެއް ކަމަށާއި މި ފަދަ މަހާސިންތާއެއްގައި ހަގީގީ ނަތީޖާ ނެރެވޭނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކުގެ ހިއްސާ އޮވެގެން ކަން ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ. 

މި މަސައްކަތް ވިލިންގިލީގައި ފެށި ނަމަވެސް މި މަސައްކަތް އުތުރާއި މެދުރާއްޖެ ތެރޭގައި ވެސް އަދި ވަކި ރަށްރަށުގައި ވެސް ކުރިއަށް ގެންދަވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. މީގެ އިތުރުން ވަޒީރު ވަނީ ޖަމްއިއްޔާތައް ބާރުވެރި ކުރުވުމަށްޓަކައި ބޭނުންވާ އެހެނިހެން އިންސާނީ ވަސީލައްތައް ފޯރުކޮށްދިނުމުގައި އެ ވުޒާރާ ދެމިއޮންނާނެކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ.

your imageމަހާސިންތާ ހުޅުވުމުގެ ރަސްމިޔާތުގެ ތެރެއިން ފޮޓޯ؛ޔޫތް މިނިސްޓްރީ

ޖަމްއިއްޔާތަކުގެ މަހާސިންތާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދެވޭ މަސައްކަތެއް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ. މި މަހާސިންތާ އަކީ މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައުއެއް ބިނާކޮށް ފަހި ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަހާސިންތާއެކެވެ.

މި މަހާސިންތާގެ މަގުސަތުތަކުގެ ތެރޭގައި ގއ. އަތޮޅުގައި ހަރަކާތްތެރިވާ ޖަމުއިއްޔާ ތަކުގެ ހިންގުން ހަރުދަނާ ކުރުމާއި ޖަމްއިއްޔާ ތަކުގެ މަސައްކަތާއި ގުޅުން ހުރި ސެކްޓަރ ތަކާއި ދެމެދު ގުޅުން ބަދަހިކުރުމުގެ އިތުރުން އަމާން ވެއްޓެއް ގާއިމް ކުރުމަށް ކުރެވޭ މަސައްކަތުގައި ޖަމްއިއްޔާ ތަކުގެ ދައުރު އިތުރު ކުރުން އަދި މުޖުތަމައު ބާރުވެރިކުރުވުމަށް ކަމާއި ކުޅޭ މުއައްސަސާ ތަކުން ކުރާ މަސައްކަތުގައި މަދަނީ ޖަމްއިއްޔާ ތަކުގެ ބައިވެރިވުން އިތުރު ކުރުން ހިމެނެއެވެ. 

މި މަހާސިންތާގައި ޖުމުލަ 6 ފަރާތަކުން ތަފާތު އެކި އެކި މައުލޫއުތަކަށް ސެޝަންތައް ނަގާދިނުމަށް ވަނީ ހަމަޖެހިފައެވެ. 60 އަށް ވުރެ ގިނަ ބައިވެރިންނާއެކު ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާ އޮންނާނީ 25-27 މޭއި ގައި، ގއ. ވިލިގިލީ ތައުލީމީ މަރުކަޒުގެ ހޯލު ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް