މިގޮތުން 2024 ވަނަ އަހަރުގެ އާބާދީގެ ތަފާސްހިސާބަށް ބަލާއިރު އެ އަތޮޅުގެ ޖުމުލަ އާބާދީ 19,468 އަށް އަރާފައިވެއެވެ.
ކައުންސިލުން ހޯމަ ދުވަހު ހާމަކުރި މައުލޫމާތުގައިވާ ގޮތުން، މި އަދަދުގެ ތެރެއިން 9,517 އަކީ އަންހެނުންނެވެ. އަދި 9,951 އަކީ ފިރިހެނުންނެވެ. މިއީ އަންހެނުންނަށްވުރެ 434 ފިރިހެނުން އިތުރު އަދަދެކެވެ.
އާބާދީގެ ގޮތުން އެ އަތޮޅުގެ އެންމެ ބޮޑު ރަށަކީ ގަމެވެ. ގަމުގައި 5,491 މީހުން ދިރިއުޅެއެވެ. އޭގެ ތެރެއިން 2,687 އަކީ އަންހެނުންނެވެ. އަދި 2,804 އަކީ ފިރިހެނުންނެވެ.
އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ގިނައީ ފިރިހެނުންނެވެ. ނަމަވެސް މާމެންދޫގައި އަންހެނުންގެ އަދަދު އިތުރެވެ. މާމެންދޫގައި 671 ފިރިހެނުން ތިބިއިރު އަންހެނުންގެ އަދަދަކީ 696 އެވެ.