ads
މުއްދަތު ހަމަވެފައިވާ އައިޑީކާޑުން ވެސް ހިދުމަތް ލިބޭނެ!
އައިޑީކާޑު ހަދައިދިނުން މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި މުއްދަތު ހަމަވެފައިވާ އައިޑީކާޑުން ހިދުމަތް ލިބޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނެފި އެވެ.

ނޭޝަނަލް ރަޖިސްޓްރޭޝަނުން މިއަދު ބުނި ގޮތުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުވަމުން ގެންދަވާ މިދަނޑިވަޅުގައި އައިޑީކާޑު ހެދުމުގެ ހިދުމަތް ވަނީ މެދުކަޑާލާފައިވާތީ އައިޑީކާޑު ނެތިގެން އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ހިދުމަތްތައް ނުލިބޭ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.

އެކަމަކު އެ ޝަކުވާތަކަށް ލުއެއް ހޯދައިދިނުމުގެ ގޮތުން އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ އަދި މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސްގެ އިތުރުން ޖެނުއަރީ އެއް ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބައްލައި ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނެ އެވެ. 

ނޭޝަނަލް ރަޖިސްޓްރޭޝަނުން އިތުރަށް ބުނި ގޮތުގައި މިގޮތަށް އަމަލުކުރާނީ އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް