ads
18 އަހަރުގެ އަތީކް މާލެ ގެނައުމަށް އެއާ އެމްބިއުލާންސްގައި ފުރުވާލުމަށް ގަންދަނީ
ކަރަންޓްގައި ޖެހުނު 18 އަހަރުގެ އަތީކް ފަރުވާއަށް މާލެއަށް
އުނގޫފާރުގައި ކަރަންޓްގައި ޖެހުނު ދެ ކުދިން ސަލާމަތްކުރި 18 އަހަރުގެ ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ
Advertisement

 އުމުރުން 18 އަހަރުގ އަތީކަށް ފަރުވާދެމުން އައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައެވެ. އޭނާ އޮތީ ވެންޓިލޭޓަރުގައެވެ. 

މި ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނައީ މިއަދު ހަވީރުއެވެ. އަތީކް ފުރުވާލިތަނަށް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުތެވެ. 

މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު 13:30 ކަންހާއިރު ހިނގި މި ހާދިސާ ދިމާވީ މަގުމަތީގައި އޮތް ފެންގަނޑަކަށް ކަރަންޓް އައިސްގެންނެވެ. މި ހާދިސާގައި އަށް އަހަރުގެ ފިރިހެން ކުއްޖަކާއި 12 އަހަރުގެ އަންހެން ކުއްޖަކުވެސް ވަނީ ކަރަންޓްގައި ޖެހިފައެވެ. އެހެންނަމަވެސް މި ދެކުދިންނަށް ފަރުވާ ދިނުމަށްފަހު އެ ކުދިން ވަނީ އެދުވަހު ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މި ހާދިސާގައި ފަރުވާދެމުން އަންނަ 18 އަހަރުގެ ކުއްޖާއަކީ ކަރަންޓްގައި ޖެހުނު 8 އަހަރުގެ ކުއްޖާ ސަލާމަތްކުރަން ފެންގަނޑަށް ފޭބި ކުއްޖާކަމަށް އުނގޫފާރުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި އެނގިފައިވާ ގޮތުން އެ ކުއްޖާ ގަޔަށް ކަރަންޓް އައީ ކަރަންޓް ލީކްވެފައިހުރި ހޮޅިދަނޑީގައި އަތްލެވިގެންކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. 

18 އަހަރުގެ ކުއްޖާ ގަޔަށް ކަރަންޓް އައިސްފައި ގާތްގަޑަކަށް 3 ވަރަކަށް މިނެޓް ހުރިކަމަށާއި އެ ކުއްޖާ ބިން މައްޗަށް ވެއްޓުނީ ފެނަކަ މުވައްޒަފެއް އައިސް އެ ސަރަހައްދުން ކަރަންޓް ކަނޑާލުމުންކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެއެވެ. 

ކުޑަކުދިން ކުޅޭ ޕާކެއްގެ ބުޑުގައި ހުރި މި ފެންގަޑަށް ކަރަންޓް އައިސްފައިވަނީ އެ ސަރަހައްދު އަލިކުރަން ޖަހާފައި ހުރި ހޮޅިދަނޑިއަށް ކަރަންޓް އައިސްގެންނެވެ. 

ފުލުހުން މިހާރު ދަނީ އެ ސަރަހައްދުކޮށް އެ މައްސަލަ ބަލަމުންނެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް