ads
އައިޝްވާރިއާ މަންމަގެ އުފަންދުވަސް ފާހަގަކުރުން
އައިޝްވާރިއާ މަންމަގެ އުފަން ދުވަސް ފާހަގަކުރަން ވެސް އަބީޝޭކް ނުދިޔަ
އައިޝްވާރިއާ ރާއީ ބަޗަންގެ މަންމަގެ އުފަން ދުވަސް ފާހަގަކުރަން ބޭއްވި ހަފްލާގައިވެސް އޭނާގެ ފިރިމީހާ އަބީޝޭކް ބަޗަން ބައިވެރިނުކުރުމުން ބައެއް މީހުން ސުވާލު އުފައްދައިފިއެވެ.
Advertisement

އައިޝްވާރިއާއާއި އޭނާގެ ފިިރިމީހާ އަބީޝޭކްއާއި މައްސަލަ ޖެހުނުކަމަށް އަޑު ފެތުރުނުނަމަވެސް، އެ ދެ މީހުން އަދިވެސް ވަރިއެއް ނުވެއެވެ. ދެ މީހުން ކައިވެނިކޮށްގެން އުޅެނީ އުފަލުގައިކަމަށް ދާދިފަހުން އަބީޝޭކް ވަނީ ބުނެފައެވެ. ނަމަވެސް އައިޝްވާރިއާ ވަނީ އޭނާގެ މައިދައިތައާއި ފަހަރިންނާއި ޖެހުނު މައްސަލައިގައި އަބީޝޭކްމެންގެ ވެސް ދޫކޮށް ގޮސްފައެވެ. އަދި އައިޝްވާރިއާ މިހާރު ދިރިއުޅެމުން އަންނަނީ އޭނާގެ މަންމައާއެއްކޮށެވެ..

ދެ މަފިރިން ދިރިއުޅޭނީ އުފަލުގައިކަމަށް ބުނި ނަމަވެސް އެ ދެމަފިރިންގެ އުފާވެރިކަމާމެދު ސުވާލު އުފައްދާނެ އިތުރު ޖާގައެއް މިހާރު މިވަނީ އެމީހުންގެ ފޭނުން ހޯދައިފައެވެ. އެއީ ކައިވެނިކޮށްގެން އުފަލުގައި އުޅޭ ދެ މަފިރިން އެމީހުންގެ މަންމަގެ އުފަން ދުވަހުގެ ހަފްލާގައި ބައިވެރި ނުވާންވީ ކީއްވެތޯ؟ އުފައްދާ ސުވާލެކެވެ.

އައިޝްވާރިއާ އޭނާގެ މަންމަގެ އުފަން ދުވަހުގެ ހަފްލާގައި ދެމީހުންގެ ދަރިފުޅުވެސް ބައިވެރިވިއެވެ. 

މަންމަގެ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ ފޮޓޯތަކުން އައިޝްވާރިއާގެ އަތަށް ލިބިފައިވާ އަނިޔާވެސް ފެންނަން ހުއްޓެވެ. އައިޝްވާރިއާ އެންމެފަހުން އާންމުގެ ތެރެއަށް ނުކުތީ ކާންސް ފެސްޓިވަލަށެވެ. އެ ފެސްޓިވަލަށް އޭނާ ދިޔައީ ޕްލާސްޓަރު އަޅައިގެންނެވެ. ފެސްޓިވަލުގެ ރެޑް ކާޕެޓަށް އެެރުމުެގ ކުރިން އައިޝްވާރިއާގެ އަތުގެ ކުޑަހުޅަށް އަނިޔާވިއެވެ. އެނބުރި އިންޑިއާއަށް ގޮސް އަތުގެ އޮޕަރޭޝަނެއްވެސް ކުރާނެ ކަމަށް އޭރު ރިޕޯޓުތައް ފެތުރުނެވެ. 

އައިޝްވަރިއާ އެންމެ ފަހުން ފެނިފައިވަނީ މަނި ރަތްނަމް ޑައިރެކްޓްކުރި "ޕޮންނިޔިން ސެލްވަން II" އިންނެވެ. ކުރިއަށް އޮތް ޕްރޮޖެކްޓްތަކާ ބެހޭ އިތުރު މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ. 

"ހަމް ދިލް ދޭ ޗުކޭ ސަނަމް" އިން ފެށިގެން "އޭ ދިލް ހޭ މުޝްކިލް" ހަމައަށް ބޮލީވުޑްގެ ކާމިޔާބު ބޮޑެތި ފިލްމުތަކުގައި އައިޝްވަރިއާ ވަނީ ބައިވެރިވެފައެވެ. ބޮލީވުޑުގައި ފެނުނު އެންމެ ރީތި އަދި މޮޅު ތަރިންގެ ތެރޭގައި އައިޝްވަރިއާ ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް