ads
ކަރަން ޖޯހަރު އަދި އާލިއާ ބަޓް
ކަރަން ޖޯހަރު ދެކެ ލޯބިވާ ވަރު ބުނެދޭންވެސް ނޭގޭ: އާލިއާ ބަޓް
ޑައިރެކްޓަރު ކަރަން ޖޯހަރު ދެކެ ލޯބިވާ ވަރު ބުނެދެންވެސް ނޭގޭ ކަމަށް އާލިއާ ބަޓް ބުނެފިއެވެ.
Advertisement

އާލިއާ މިހެން ބުނެފައިވަނީ ކަރަންޖޯހަރުގެ 53 ވަނަ އުފަންދުވަހުގެ ތަހުނިޔާ ފޮނުވަމުންނެވެ. 

"އެންމެ ލޯބިފާ އެންމެ ރީތި އެންމެ ސާދާ ކަރަންޖޯހަރަށް އުފާވެރި އުފަންދުވަހަކަށް އެދެން. އަހަރެން ކަރަންޖޯހަރު ދެކެ ލޯބިވާ މިންވަރު ބުނދޭންވެސް ނޭގެ،" އާއިލާ ބަޓް އޭނާގެ ސޯޝަލް މީޑިއާގައި ބުންޏެވެ އާލިއާ މިހެން ބުނެފައިވަނީ "ރޮކީ އައުރ ރާނީ ކީ ޕްރެމް ކަހާނީ" ގެ ސެޓުން ނަގާފައިވާ ފޮޓޯއާއަކާއި ވެސް އެކުގައެވެ.

ރަންވީރު ކަޕޫރާއި ކައިވެނިކޮށްގެން އުޅޭ އާލިއާ ބަޓް ބޮލީވުޑުގައި މަގުބޫލު މީހަކަށް ހެދުމުގެ ވަރަށް ބޮޑު ރޯލެއް ކަރަން ޖޯހަރުގެ އޮވެއެވެ. ކަރަންޖޯހަރުގެ ބޮލޮކްބަސްޓާ ފިލްމުތަކެއްގައި އާލިއާ ބަޓް ވަނީ މަސައްކަތްކޮށް މޮޅެތި ރޯލުތަކެއް ވެސް ކުޅެެފައެވެ. ޢާލިޔާ ބަޓް 2012 ގައި ފިލްމީ ދާއިރާއަށް ނުކުތީ ވެސް ކަރަން ޖޯހަރުގެ "ސްޓޫޑެންޓް އޮފް ދަ އިޔަރ" ފިލްމުންނެވެ. 

އާލިއާ ބަޓް ކަރަންޖޯހަރު ދެކެ ލޯބިވާކަަމަށް ބުނާތީ އެކަމަށް ފާޑުކިޔާ މީހުންވެސް، އުޅެއެވެ. ނަަމެވެސް އާލިއާ ބަޓް ބުނަނީ އޭނާ ހިތުގެ އަޑިން ލޯބިވާ މީހެއްގެ ވާހަކަ ބުނުމުގެ ހައްގު އޭނާއަށް އަބަދުވެސް އޮންނާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް