ads
އިންޑިއާގެ ގުޖުރާތުގެ ގޭމިން ޒޯނެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކު މަރުވި
އިންޑިއާގެ އިމާރާތެއްގައި އަލިފާން ރޯވެ ކުދިން ހިމެނޭހެން 24 މީހަކު މަރު
އިންޑިއާގެ ގޭމިން އާކޭޑެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މިހާތަނަށް 24 މީހަކު މަރުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.
Advertisement

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެ މެންދުރު ފަހު ގުޖުރާތޫގެ ރާޖްކޯޓުގެ ޑިސްޓްރިކްޓްގައި މި ހާދިސާ ހިނގާފައި ވަނީ ރާޖްކޮޓްގެ ގޭމް އާކޭޑްގަ އެވެ. އެތަނުގައި ރޯވެ 24 މީހަކު މަރުވެފައިވާ އިރު، ބައެއް މީހުންގެ ހަށިގަނޑު ފިހިފައިވާލެއް ބޮޑުކަމުން ކޮން ބައެއްކަން ދެނެގަންނަން ވެސް ދަތިވެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.

މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 10 ކުޑަކުދިންނާއި 14 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރާޖްކޮޓްގެ ޕޮލިސް ކޮމިޝަނަރު ރާޖް ބަރްގަވާ މީޑިއާތަކަށް ވިދާޅުވީ ހާދިސާގައި ޒަހަމް އިތުރު ބަތަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، އަލިފާން ރޯވި އިމާރާތުގެ ތެރޭގައި އަދިވެސް ބަޔަކު ތިބެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ހާދިސާގައި ބައެއް މީހުން ވަނީ އެތެރޭގައި ތާށިވެފައި. އެމީހުން ސަލާމަތްކުރަން އަންނަނީ މަސައްކަތް ކުރަމުން. ބައެއް މީހުން ގެއްލިގެން ވެސް ރިޕޯޓު ކޮށްފައިވޭ،" ރާޖްކޮޓް ފަޔާ ޑިޕާޓްމަންޓުގެ އޮފިސަރަކު ބުންޏެވެ.

އެނގިފައިވާ ގޮތުގައި، އެ ހާދިސާ ހިނގި ވަގުތު ދެ ބުރިއަށް ހަދާފައިވާ އެ އާކޭޑުގެ ތެރޭގައި 300 އަށް ވުރެ ގިނަ މީހުން ތިއްބެވެ. މި މައްސަލައިގައި އެ ގޭމިންގ ޒޯންގެ ވެރިން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގައި ގިނަ ކުދިން ހިމެނޭހެން މީހުން މަރުވެފައިވާތީ އެކަމާ ހިތާމަ ކުރާ ކަމަށާއި ޒަހަމްވި މީހުންނަށާއި މަރުވި މީހުންގެ އާއިލާއަށް ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ލޯކަލް އެޑްމިނިސްޓްރޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިންޑިއާގެ ރައީސް ދްރޮޕަދީ މުރުމުވެސް ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔައި ހިތާމަފާޅުކޮށްފައެވެ. އަދި ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދޭކަމަށް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް