ފަތުރުވެރިޔަކު ކ. ތުލުސްދޫއަށް މި ކުއްތާ ބާލާ ދޫކޮށްލާ ތަން ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ އަދި މި ކުއްތާ ތުލުސްދޫއަށް އެރުވުމުން ރަށު ކައުންސިލުން ފުލުހުންނަން އެންގުމުން ފުލުހުން ގޮސް ވަނީ އޭތި އެރަށުން ބާލާފައެވެ.
ފުލުހުން ބުނީ މި ކުއްތާއަކި ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގައި ތިބި ފަތުރުވެރިން ގެންގުޅުނު ކުއްތާއެއް ކަމަށެވެ. ކުއްތާ ތުލުސްދޫއަށް ބޭލިކަމުގެ ރިޕޯޓް ލިބިގެން އެރަށަށް ގޮސް ކުއްތާ އެރަށުން ބާލާފައިވާކަމަށްވެސް ފުލުހުން ބުުނެއެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މީ ހުއްދަ ލިބިގެން އެތެރެކޮށްފައިވާ ކުއްތާއެއް ކަން އެނގޭކަމަށެވެ.