ads
ބަނޑޭރިކޮށިން މަރުވެފައި އޮއްވާ ފެނުނު ޒުވާނާ ހައްމަާދުގެ ހަށިގަނޑު ރޭ ރާއްޖެ ގެނެސް ވަނީ ވަޅުލާފައި
ބަނޑޭރިކޮށިން ފެނުނު ޒުވާނާ ޕޯސްމޯޓަމް ނިންމާ ރާއްޖޭގެ ގެނެސް ވަޅުލައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާ ޕޯސްޓް މޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސް ވަޅުލައިފިއެވެ.
Advertisement

ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގައި މަރުވެފައި އޮއްވާ ފެނުނީ ގދ ހޯޑެއްދޫ ވިލިގިނލީގޭ އުމުރުން 30 އަހަރުގެ ހައްމާދު ސައީދުއެވެ. މީހުން ދިރުނުޅޭ އެޕާޓްމެންޓެއްގެ ތެރޭގައި މީނާ މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 13 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މީނާ ފެނުނު އިރުވެސް ހަށިގަނޑު ވަރަށް ބޮޑަށް ވަނީ ގޯސްވެފައެވެ.

މި ޒުވާނާގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލީ މިމަހުގެ 21 ވަނަދުވަހުއެވެ. ޕޯސްޓް މޯޓަމަށްް ފަހު އޭނާގެ ހަށިގަނޑު މާލެ ގެނެސް ރޭ ވަނީ ހުޅުމާލެ އާ ސަހަރާގައި ވަޅުލާފައެވެ. 

މި ޒުވާނާގެ މަރާ ގުޅިގެން ހެދި ޕޯސްމޯޓަމުން ނުކުތް ނަތީޖާއެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. 

މިމަހުގެ ތެރޭގައި މާލޭއިން މަރުވެފައި އޮތްވާ ދެ ޒުވާނުން ވަނީ ފެނިފައެވެ. މި ޒުވާނުން ފެނުނު ފަހުން ހޯމް މިނިސްޓްރީން ވަނީ ނުރައްކާތެރި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ " ޗައިނާ ވައިޓް" ދައުރުވަމުންދާކަމަށް ބުނެ އެކަމަށް ސަމާލުވުމަށް އާއްމުންނަށް ގޮވާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް