"ބުރުނު ޝިކާރު" އަކި ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތެވެ. މި މުބާރާތް އޮންނާނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް މާލޭ، ރާޅުގަނޑު ސަރަހައްދުގައެވެ. މި މުބާރާތުގައި މި ފަހަރު ޖުމްލަ 26 ރާޅާއެޅުންތެރިން ބައިވެރިވެއެވެ. މިއީ ބުރުނު ޝިކާރުގެ ހަވަނަ މުބާރާތެވެ.
މިދިޔަ އަހަރުގެ ބުރުނު ޝިކާރު ބޮޑީބޯޑިންގް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އަޝްރަފް ހަސަން އެވެ. އަޝްރަފް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު އަލީ ޚުޝްރުވާން (ކުޑަ އައްޔަ) ބަލިކުރުމަށް ފަހުގަ އެވެ.
ބުރުނު ޝިކާރު މުބާރާތުގެ ފަނޑިޔާރުކަން ކުރާނީ އިންޓަނޭޝަނަލް ސެޓިފައިޑް ފަނޑިޔާރުންނެވެ.
ބުރުނު ޝިކާރު އަށް ފަހު ގައުމީ ލީގުގެ ދެވަނަ މުބާރާތް ރަނދާ ބޮޑީބޯޑިން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 8-14 އަށެވެ.