ޖެމެއިކާގައި ކުރިއަށްދިޔަ ޖޭއޭއޭއޭ އޯލް ކަމާސްގެ އިވެންޓުގައި ދުވެ، އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ރޫޔާ މުގުރާލީ 11.87 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މިއީ، ރާއްޖޭގެ ތާރީހުގައި ވެސް އަންހެން އެތުލީޓަކު، 100 މީޓަރު ރޭސް 12 ސިކުންތަށް ވުރެ އަވަހަށް ނިންމި ފުރަތަމަ ފަހަރެވެ. މި ރެކޯޑް ކުރިންވެސް އޮތީ ރޫޔާ އަތުގައެވެ. އެއީ މި މަހުގެ ކުރީކޮޅުގައި ރޫޔާ، 100 މީޓަރު 12.02 ސިކުންތުން ދުވެގެންނެވެ.
އެ ރެކޯޑް، 21 އަހަރުން ވަންދެން މުގުރާނުލެވި އޮއްވައި، އެކަން ހާސިލްކުރީ، 2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި، އައިޝަތު ހިމްނާ ހަސަން އެވެ. އެއީ، 12.17 ސިކުންތުން ރޭސް ނިންމައިގެންނެވެ.