ads
ގާޒާ ދެކުނުން ހޯދި ވަޅުން ނެގި ގަބުރުތަކެއް، އިސްރާއީލުން ވަނީ ގާޒާގެ އިރުމަތީ ޖަބަލިއާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައި
އިޒްރޭލުގެ 3 ހަމަލާއެއް ތަހްގީގުކުރަން އެމްނެސްޓީއިން ގޮވާލައިފި
ޖައްބާރު އިސްރާއީލުން ގާޒާއަށް ދީފައިވާ ތިން ހަމަލާއެއް ތަހުގީގު ކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)އަށް ގޮވާލައިފި އެވެ.
Advertisement

މި ހަމަލާތަކުގެ ތެރޭގައި ހިމެނެނީ މަގްހާޒީ ރެފިއުޖީ ކޭމްޕުގައި ފޫސްބޯލް ކުޅެން ތިބި ކުޑަކުދިން ތަކަކަށް އޭޕްރިލް 16 ވަނަ ދުވަހު ދިން ހަމަލާ އާއި ރަފަހްގެ މީހުން ދިރިއުޅޭ އިމާރާތްތަކަށް އޭޕްރިލް 19 އާއި 20 ވަނަ ދުވަހު ދިން ހަމަލާތައް ކަމަށް އެމްނެސްޓީ އިން ބުންޏެވެ.

އަމްނެސްޓީން ބުނެފައިވަނީ މި ތިން ހަމަލާގައި ވެސް އަސަރުކޮށްފައިވާ ތަންތަނުގައި ނުވަތަ އެތަންތަނާއި ކައިރިން އަސްކަރީ އެއްވެސް އަމާޒުތަކެއް ހުރިކަމުގެ ހެއްކެއް އަދި ލިބިފައި ނުވާ ކަމަށެވެ. އަމްނެސްޓީން ތުހުމަތު ކުރާ ގޮތުގައި މި ހަމަލާއަކީ ސީދާ ރައްޔިތުންނަށް އަމާޒުކޮށްފައިވާ ހަމަލާއެކެވެ. 

"އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭ ގޮތަށް އިޒްރޭލާއި ހަމާސްގެ އިސް އޮފިޝަލުންތަކެއް ހައްޔަރު ކުރުމުގެ އަމުރަށް އެދިފައިވާ ދަނޑިވަޅެއްގައި ގާނޫނާ ހިލާފު ހަމަލާތަކެއް އިޒްރޭލުގެ އަސްކަރިއްޔާއިން ހިންގާފައިވާކަމުގެ ހެކި އަހަރުމެންގެ ދިރާސާތަކުން ދައްކުވައިދޭ. އަދި އިޒްރޭލުގެ އަސްކަރިއްޔާ އެއްގަމުން ރަފަހްއަށް އިތުރަށް ވަދެގަންނަމުން ދާއިރު ހަމަލާތައް ވަގުތުން ހުއްޓާލުމުގެ މުހިންމުކަން މި ހަމަލާތަކުން ފާހަގަވެގެން ދޭ،" އެމްނެސްޓީ އިންޓަނޭޝަނަލްގެ ސީނިއާ ޑިރެކްޓާ ފޮ ރިސާޗް، އެޑްވޮކެސީ، ޕޮލިސީ އެންޑް ކެމްޕެއިންސް އެރިކާ ގުއެވާރާ-ރޯސާސް ވިދާޅުވި އެވެ.

 

އޮކްޓޯބަރު، 2023، ގައި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފެށި ގަތުލުއާންމުގައި 36،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އަދި މީގެ ތިން ހަފްތާ ކުރިން އިޒްރޭލުން ރަފަހް އޮޕަރޭޝަން ފެށި ފަހުން މިހާތަނަށް ގާތްގަނޑަކަށް 800،000 މީހުން އެ ސަރަހައްދުން ފައިބާފައިވާ ކަމަށް އދ. އިން ބުނެ އެވެ.  

މިދިޔަ ހުކުރު ދުވަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ވަނީ ޖައްބާރު އިޒުރޭލު ސިފައިން ރަފާހްގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް ޔަހޫދީ އިސްރާއީލަށް އަމުރުކޮށް ހުކުމް ކޮށްފަ އެވެ. ނަމަވެސް ދުނިޔޭގެ ކޯޓުގެ އަމުރަށް ގޮށް ޖަހައި ޔަހޫދީން ވަނީ ރަފަހް އަށް ދެމުން ގެންދާ ހަމަލާތައް ކުރިއަށް ވުރެ ވަރުގަދަ ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް