ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދުކަމުގައި ބެލެވޭ އޮލިމްޕިކްސް އޮންނާނީ މި އަހަރުގެ ޖުލައި މަހުގައި ފްރާންސްގެ ޕެރިހުގައެވެ. ޕެރިސް އޮލިމްޕިކްސްގައި ވާދަކުރާ އިބާދުﷲ އަކީ ޖެމެއިކާގައި ތަމްރީނު ފުރިހަމަކުރަމުން އަންނަ އެތްލީޓެކެވެ.
އެތުލެޓިކްސް ޓައިމް ޓްރައިލްސް އަށް ބެލިއިރު، އިބާދުﷲ ގެ ޓައިމިން އަކީ، 10.50 ސިކުންތެވެ.
މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރަކުން ވާދަކުރާނެ އެވެ. އެއީ އެތުލެޓިކްސްގެ އިތުރުން ބެޑްމިންޓަން، ޓޭބަލް ޓެނިސް އަދި ފެތުމެވެ.