ads
ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރްޔަމް މާރިޔާ -- ފޮޓޯ: ސަން
އިންޓަރނޭޝަނަލް ސްޓޫޑެންޓް ވިސާ ހޯދުމަށް ހުރި ހުރަސްތައް ނައްތާލަން މަސައްކަތް ކުރަނީ
އިންޓަރނޭޝަނަލް ސްޓޫޑެންޓް ވިސާ ހޯދުމަށް ހުރި ހުރަސްތައް ނައްތާލަން މަސައްކަތް ކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.މާރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
Advertisement

ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ވޭތުވެދިޔަ 6 މަސްދުވަހު އެ ވުޒާރާއިން ކުރައްވާފައިވާ މަސައްކަތްތައް ހިއްސާކުރައްވާފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖޭގައި މަތީތައުލީމާއި ތަމްރީން ދޭ ޕްރޮގްރާމްތައް އިންޓަނޭޝަނަލައިޒްކޮށް ބޭރުގައި ކިޔަވާކުދިން ރާއްޖޭގެ މަރުކަޒުތަކުގައި ކިޔެވުމުގެ ފުރުސަތު ރައީސް މުއިއްޒުގެ ވެރިކަމުގެ މި ދައުރުގައި ހުޅުވާލެވިގެންދާނެެކަމަށެވެ. 

"އެކަމަށް މަގުފަހިކުރުމަށް އިންޓަނޭޝަނަލް ސްޓޫޑެންޓް ވީސާ ހޯދުމަށްހުރި ހުރަސްތައް ނައްތާލާ، ގާނޫނީ ބާރު ލިބިގެން ހޯމް ސްޓޭއާ އެކަމޮޑޭޝަން ހަަމަޖައްސާދޭނެ ނިޒާމެއް ގާއިމްކުރެވިގެންދާނެ" މިނިސްޓަރު ޑރ.މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ އެ މަސައްކަތަކީ ރައީސް މުއިއްޒުގެ ވިޒިޓާ އިކޮނޮމީގެ ސިޔާސަތުގެ ދަށުން ހިންގަން ކަނޑައަޅާފައިވާ ޕްރޮގްރާމެއްކަަމަށް ވިދާޅުވެފަ އެވެ. އަދި މިނިސްޓްރީގެ ތަސައްވަރަކީ މަތީ ތައުލީމު ހާސިލް ކުރާ އާބާދީގެ މަދުވެގެން 2 އިންސައްތަ ދަރިވަރުންނަކީ އެހެން ގައުމުތަކުން ދިވެހި ރާއްޖެއަށް މަތީ ތައުލީމު ހާސިލްކުރުމަށް އަންނަ ދަރިވަރުންނަށް ހެދުންކަމަށް މާރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަނީ ރާއްޖޭގައި މަތީތައުލީމުގައި ކިޔަވަން އެދޭ ހުރިހާ ކުދިނަށް އުނގެނުމާއި ތަމްރީންވުމަށް މާލީ އެހީތެރިކަމާއި ސްކޮލާޝިޕްގެ ފުރުސަތުގައި 5 އަހަރު ނިމޭއިރު ތަނަވަސްކޮށްދިނުން" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ ކުރިއަށް ހުރި ފަސް އަހަރު ކުރަން ހުރި މުހިއްމު މަސައްކަތްތަކަށް އަލިއަޅުއްވާލާފަ އެވެ. އެގޮތުން ރާއްޖޭގައި ކޮންމެ އަތޮޅެއްގައި މަތީ ތައުލީމާއި ތަމްރީން ދޭ މަރުކަޒާއި ދަނާލްތައް ގާއިމކުރުން ހިމެނޭއިރު އޭގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ، އިސްލާމިކް ޔުނިވާސީޓީ، މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން އެ ސަރަހައްދަށް ފައިދާހުރި ހާއްސަ ދާއިރާތަކަށް އިސްކަންދީގެން ތަމްރީންދޭ މަރުކަޒުތައް ގާއިމްކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އަދި މި މަރުކަޒުތައް އެކި އެކި ސިނާއަތްތަަކަށް ހާއްސަ ކުރެވޭނެކަމަށާއި އެކި އެކި ބަސް ދަސްކޮށްދޭ ތަންތަންވެސް ގާއިމްކުރެވިގެންދާނެކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން މަތީ ތައުލީމް ހާސިލް ކުރުމަށް އެދޭ ދަރިވަރުންގެ މާލީ އެހީތެރިކަމާއި ސްކޮލަރޝިޕްތައް މި 5 އަހަރުގެ ތެރޭގައި ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ. އެކަން އެގޮތުގައި ކުރިއަށް ގެންދިޔުމަށްޓަކައި ޕްރައިވެޓް ކޮލެޖްތަކާއި ޔުނިވަރސީޓީތަކާ ގުޅިގެން މަސައްކަތްކޮށް ހަޔަރ އެޑިއުކޭޝަން އިންސްޓިޓިއުޝަންތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް