މެޓް އޮފީހުން ބުނީ ހދ. އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓުތައް މިރޭ ލިބިފައިވާ ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން ހދ. ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރިކޯޑު ކުރާ މީޓަރަށް ރާއްޖެ ގަޑިން މިރޭ 8:27 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ރެކޯޑު ކުރެވިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
ނަމަވެސް މީގެ ސަބަބުން ރާއްޖެއަަށް ނުކުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް މެޓު އޮފީހުން ބުންޏެވެ.