ads
ފަރެސްމާތޮޑާ އެއާޕޯޓުގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް އާރުއޭސީއެލުން ސިލްވާ ލޭންޑް ހޮޓެލްސް އާއެކު އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ:އާރުއޭސީއެލް
ފަރެސްމާތޮޑާ އެއާޕޯޓުގައި 100 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް އަޅަނީ
ފަރެސްމާތޮޑާ އެއާޕޯޓުގައި 100 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
Advertisement

ފަރެސްމާތޮޑާ އެއާޕޯޓުގައި ޓޫރިސްޓް ހޮޓަލެއް އެޅުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން ހަވާލުކޮށްފައި ވަނީ ސިލްވާ ލޭންޑް ހޮޓެލްސް އާ އެވެ.

އާރުއޭސީއެލްގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފަރެސްމާތޮޑާ އެއާޕޯޓުގައި ޓޫރިސްޓް ހޮޓާ އެޅުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީނެވެ. ސިލްވާ ލޭންޑް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ހެޑް އިބްރާހިމް މުހައްމަދެވެ.

އާރުއޭސީއެލުން ބުނީ މި އެއްބަސްވުމުގެ ދަށުން ފަރެސްމާތޮޑާ އެއާޕޯޓާ އިންވެގެން އޮތް ހުސް ބިމުގައި 100 ކޮޓަރީގެ ސިޓީ ހޮޓަލެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ހޮޓަލުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އާރުއޭސީއެލުން ބުނެފައި ވަނީ މި ހޮޓަލާ އެކު އެ ސަރަހައްދުގައި ވިޔަފާރި ކުރާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ތަނަވަސްވާނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުބީން ވިދާޅުވި ގޮތުގައި އެއްބަސްވުމުގައިވާ ކަންކަން ފުރިހަމަ ކުރުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި ފަރާތްތަކުން ލިބެން ޖެހޭ އެއްބާރުލުން ލިބެމުންދާ ނަމަ ތިން މަސް ދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓުގެ މަސައްކަތް ފެށޭނެ ކަމުގަ އެވެ.

"އެއާޕޯޓުތަކުގައި ހުރި ހުސް ބިންތަކުގައި މިފަދަ ސިޓީ ހޮޓަލްތައް އަޅާ ރައްޔިތުންނަށް މިފަދަ އިގުތިސޯދީ އިތުރު ފުރުސަތުތައް ހޯދައިދިނުމަކީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އެއް އަމާޒު. އެހެންކަމުން މިހާރު ވެސް އެއާޕޯޓުތަކުގައި ހުރި ހުސް ބިންތަކުގެ ލޭންޑް ރެޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތްތައް ކައުންސިލުތަކާ އަދި ސަރުކާރުގެ ކަމާ ގުޅުންހުރި ފަރާތްތަކާ އެކު ވަރަށް ބާރު ސްޕީޑެއްގައި ކުރަމުން ދަނީ،" މުބީން ވިދާޅުވި އެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގައި 100 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ އަގަކީ 20 މިލިއަން ޑޮލަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް