ads
ރައީސް މުއިއްޒު ސިޑްސް ކޮންފެރެންސްގައި
އިޒްރޭލުން ރަފަހްއަށް ދިން ހަމަލާ ރައީސް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
އިޒްރޭލުން ރަފަހްއަށް ދިން ލާއިންސާނީ ހަމަލާ ރައީސް ޑރ.މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
Advertisement

ގާޒާގެ ރަފަހުގައި މީހުންނަށް ސަލާމަތުން ތިބެވޭނެ "ސޭފް ޒޯނެއް" ކަމަށް އިޒްރޭލުން ބުނި ސަރަހައްދަށް އިޒްރޭލުން ވަނީ ރޭ ހަމަލާދީ ގިނަ ބަޔަކު ޝަހީދުކޮށްލާފަ އެވެ.

މިކަމާ ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުންގެ އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވިދާޅުވެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ހުކުމްތަކަަށް އިޒްރޭލުން ތަބާވާންޖެހޭނެކަމަށް ވިދާޅުވެފަ އެވެ. 

"ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ މީހުން ހިޔާވަހިކަން ހޯދަމުން ދިޔަ ރަފާހްގެ ކޭމްޕަށް އިސްރާއީލު ސިފައިން ދިން ލާއިންސާނީ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އައިސީޖޭގެ ހުކުމްތަކަށް އިސްރާއީލުން ތަބާވާން ޖެހޭނެ، އެއްވެސް ގައުމެއް ބައިނަލްއަގްވާމީ ގާނޫނުން އިސްތިސްނާއެއް ނުވެވޭނެ" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ހަނގުރާމަ ހުއްޓާލާ އިޒްރޭލުންގެ އަނިޔާވެރިކަން ނިންމުމަކަށް ގެނައުމަށް ރައީސް މުއިއްޒު ވަނީ ގޮވާލާފައެވެ.

"ރާއްޖޭގެ ސަރުކާރާއި ރައްޔިތުންނާއެކު، އަވަހަށް ހަނގުރާމަ ހުއްޓާލުމަށާއި، އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށާއި، އަދި ހުރަހެއް ނެތި އިންސާނީ އެހީތެރިކަން ފަލަސްތީން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑު ގޮވާލަން" ރައީސް މުއިއްޒު އެ ޕޯސްޓްގައި ލިޔުއްވި އެވެ.

ރަފަހުގައި ތިބި އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ބުނީ ޓެންޓަކަށް އަމާޒުކޮށްދިން ހަމަލާގައި 40 ފަސްލަތީން މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށެވެ. އެ ހާދިސާގައި 200 އަށް ވުރެ ގިނަ މީހުން ޒަހަމް ވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.  

ރަފަހްގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ އުދުވާން ހުއްޓާލައި, ގާޒާއިން ފޭބުމަށް ޔަހޫދީ ފައުޖަށް އައިސީޖޭގެ 15 ފަނޑިޔާރުންގެ ބެންޗުން އަމުރުކޮށްފައިވާއިރު, މިއީ ގާޒާ އުދުވާނާ ގުޅިގެން އެ ކޯޓުން އަމުރެއް ނެރެފައިވާ ތިންވަނަ ފަހަރެވެ. 

ރައްކާތެރި ސަރަހައްދެއް ކަމަށް ބުނެ، މީހުން ފޮނުވުމަށް ފަހު ހަމަލާ ދިނުމަކީ އިޒްރޭލުން ގާޒާގައި ހިންގަމުން އަންނަ ގަތުލުއާއްމުގައި މީގެ ކުރިން ވެސް އެތައް ފަހަރަކު ތަކުރާރުކޮށްފައިވާ ޖަރީމާ އެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް