އައްޔައަކީ، 2016 ވަނަ އަހަރުން ފެށިގެން ޓީޓީ އެސޯސިއޭޝަންގެ ރައީސްއެވެ. އޭގެ ކުރިން އައްޔަވަނީ އެ އެސޯސިއޭޝަންގެ ނާއިބު ރައީސްކަން ކުރައްވާފައެވެ.
ރާއްޖޭގެ ކުޅިވަރުގައި މިދިޔަ އަށް ވަރަކަށް އަހަރަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކުޅިވަރަކީ ޓީޓީ އެވެ. ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ މެޑަލް ޖުމްލައިގެ ބޮޑު ހިއްސާއެއް ގުޅިފައި އޮތީ ޓީޓީއާ އެވެ. މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން އެންމެ ފުރަތަމަ ހޮވި އެންމެ މޮޅު އެސޯސިއޭޝަންގެ މަގާމުވެސް ލިބުނީ ޓީޓީ އެސޯސިއޭޝަނަށެވެ.
ޓީޓީ އެސޯސިއޭޝަންގެ އިންތިހާބު އަންނަ އޮގަސްޓްގެ ނިޔަލަށް ބާއްވަން ޖެހެ އެވެ.