ކަސްޓަމްސްއިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު،
އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު ދަށްވި ނަމަވެސް 2023 ވަނަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު، ފާއިތުވެދިޔަ މަހު އިމްޕޯޓް ކުރެވުނު މުދަލުގެ އަގު ވަނީ އިތުރުވެފަ އެވެ.
ނިމިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 2023 ވަނަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު، 0.5 އިންސައްތަ ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ އެޕްރީލް މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 310 މިލިއަން ރުފިޔާ އެވެ.
މިދިޔަ މަހު އަގުގެ ގޮތުން އެންމެ ގިނައިން އިމްޕޯޓްކުރި ގައުމުތަކާއި އެ ގައުމުތަކުން އިމްޕޯޓް ކުރެވުނު މުދަލުގެ އަގުތައް (ސީއައިއެފް އަގު):
މިދިޔަ މަހު އަގުގެ ގޮތުން އެންމެ ގިނައިން އެކްސްޕޯޓް ކުރި ގައުމުތައް:
މި އަހަރުގެ އެޕްރީލް މަހު 20،382 ޑިކްލަރޭޝަން ޕްރޮސެސްކޮށްފައިވެ އެވެ. ނިމިދިޔަ އަހަރުގެ އެޕްރީލް މަހު ޕްރޮސެސްކޮށްފައިވަނީ 19،957 ޑިކްލަރޭޝަނެވެ. މިދިޔަ މަހު ރާއްޖޭން ބޭރުން އައި 124 އުޅަނދަކަށް ކްލިއަރެންސް ދީފައިވާއިރު، 2023 ވަަނަ އަހަރުގެ އެޕްރީލް މަހު 117 އުޅަނދަކަށް ކްލިއަރެންސްދީފައިވެ އެވެ. ނިމިދިޔަ މަހު ރާއްޖޭން ބޭރަށް ފުރުމަށް 162 އުޅަނދަކަށް ކްލިއަރެންސް ދީފައިވާއިރު، 2023 ވަނަ އަހަރުގެ އެޕްރީލް މަހު 129 އުޅަނދަކަށް ކްލިއަރެންސް ދީފައިވެ އެވެ.
މިދިޔަ އެޕްރީލް މަހު ރޯޔަލްޓީގެ ގޮތުގައި ތިން މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.