ads
އެމްކިއުއޭގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު
ފައިސާއަށް އެސައިންމަންޓު ހަދައިދިނުމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
މަތީ ތައުލީމް ހާސިލް ކުރާ ފަރާތްތަކަށް އެސައިންމެންޓު ހެދުމުގައި އެހީތެރިކަން ފޯރުކޮށްދީ ފައިސާއަށް އެސައިންމަންޓު ހަދައިދޭ މައްސަލަ ބަލައި ތަހުޤީގު ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ފުލުހުންނަށް ހުށައަޅައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްކިއުއޭގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވީ، ޤަވައިދާ ހިލާފަށް އާމްދަނީ ހޯދުމަށް އެސައިންމެންޓުތައް ހަދައިދޭ ތިން މައްސަލައެއް ފެންމަތިވެފައިވާ ކަމަށާއި އެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ފުލުހުންގެ އެހީތެރިކަން ހޯދާފައިވާ ކަމަށެވެ.

ފިޒާނާ ވިދާޅުވީ، އެ 3 މައްސަލަ ފުލުހުންނަށް ހުށަހަޅައި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ކުރަންޖެހޭ މަސައްކަތްތައް އެމްކިއުއޭ އިން ކުރަމުން ގެންދާ ކަމަށެވެ. އަދި އެގޮތަށް އަގުދީގެން އެސައިންމެންޓުތައް ހަދައިދެމުންދާތީ މީގެ ކުރިންވެސް އެމްކިޔުއޭއިން އަދި އެހެނިހެން އިދާރާތަކުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

އަދި އައިބޭ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް އަގަށް އެސައިންމެންޓް ހެދުމަކީ މިހާރުވެސް ވިޔަފާރި އުސޫލުން ކުރާ ކަމެއްކަން ފިޒާނާ ފާހަގަކުރެއްވި އެވެ.

ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2021/7) ގެ ދަށުން ދަރިވަރުންގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުމާއި، ދަރިވަރުންނަށް މަސައްކަތްކޮށްދިނުމާއި މަސައްކަތްކޮށްދިނުމަށް ހުށަހެޅުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާއިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް