ads
އެމްއެމްޕީއާރުސީން އައިޓީބީ ޗައިނާގައި ބޭއްވި މޯލްޑިވްސް މީޑިއާ މީޓްގެ ތެރެއިން - ފޮޓޯ:އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީން އައިޓީބީ ޗައިނާގައި "މޯލްޑިވްސް މީޑިއާ މީޓް" ބާއްވައިފި
އައިޓީބީ ޗައިނާ 2024 ގައި "މޯލްޑިވްސް މީޑިއާ މީޓް" ނަމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފި އެވެ.
Advertisement

ހޯމަ ދުވަހު މި ކޮންފަރެންސް ކުރިއަށް ގެންގޮސްފައި ވަނީ ޗައިނާގެ ޝެންހާއީ ވޯލްޑް އެކްސްޕޯ އެންޑް އެގްޒިބިޝަން ސެންޓަރުގަ އެވެ. މި ކޮންފަރެންސްގައި ޗައިނާ އާއި ދުނިޔޭގެ މަގުބޫލު މީޑިއާތަކުން ވަނީ ބައިވެރިވެފަ އެވެ.

އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒިހުނީ ރަޝީދު ލީޑްކުރެއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ވީއައިޕީ ސްޕީކަރުގެ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

އެމްއެމްޕީއާރުސީން ބުނީ ޒިހުނީގެ ވާހަކައިގައި ޗައިނާގެ މާކެޓަށް އަމާޒުކޮށް އެ ކޯޕަރޭޝަނުން މުހިންމު މަންޒިލް މާކެޓްކުރުމުގެ ސްޓްރެޓެޖީތަކުގެ ފުރިހަމަ އޯވަވިއުއެއް ދެއްވި ކަމަށެވެ. ދެމެހެއްޓެނިވި ފަތުރުވެރިކަމާއި އިނޮވޭޓިވް ތަޖުރިބާތަކާއި އިންޑަސްޓްރީ ޑައިވަސިފިކޭޝަންގެ ކުރިއަރަމުން އަންނަ ޓްރެންޑްތަކާ ރާއްޖެ ފުރިހަމައަށް ގުޅޭ ގޮތާ ގުޅުންހުރި ތަފްސީލުތައް އޭނާ ދެއްވި ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

"ޗައިނާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ އަގުހުރި ބައިވެރިއެއް ކަމަށާއި ފަހުރުވެރިކަމާ އެކު ދަންނަވާލަން އޮތީ ޗައިނާއަކީ ފަތުރުވެރިކަމުގެ ދާއިރާއިން އަޅުގަނޑުމެންގެ އެއް ނަމްބަރު މާކެޓް ކަމަށް،“ ޒިހުނީގެ ވާހަކަތަކަށް ބާރުއަޅުއްވަމުން މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވަނީ ރާއްޖެއަށް ޗައިނާގެ މާކެޓުގެ މުހިންމުކަމާއި ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުންތަކާ އަދި ޗައިނާގެ އެކި ސަރަހައްދުތަކުން  ސީދާ ދަތުރުތަކުގެ ތެރެއިން ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

your imageއެމްއެމްޕީއާރުސީން އައިޓީބީ ޗައިނާގައި ބޭއްވި މޯލްޑިވްސް މީޑިއާ މީޓްގެ ތެރެއިން - ފޮޓޯ:އެމްއެމްޕީއާރުސީ

މި ކޮންފަރެންސްގެ ތެރެއިން ރާއްޖެ އާއި ޗައިނާ އާ ދެމެދު ޑިޖިޓަލް ޕޭމެންޓް ނެޓްވޯކެއް ގާއިމުކުރުމަށް އެމްއެމްޕީއާރުސީ އާއި ވެއިޒިން ޕޭ އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރައްވާފައެވެ. ވިޒިޓް މޯލްޑިވްސްގެ ފަރާތުން މި އެމްއޯޔޫގައި ސޮއި ކުރައްވާފައި ވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒިހުނީ އެވެ. ވެއިޒިން ޕޭގެ ފަރާތުން ސޮއި ކުރެއްވީ ކަންޓްރީ މެނޭޖަރު ސިންގަޕޫރު އަދި ރީޖަނަލް ޑިރެކްޓަރު ސައުތު އީސްޓް އޭޝިއާ، ވީޗެޓް ޕޭގެ އެޓިއެން އެން ޖީ އެވެ. ވެއިޒިން ޕޭ އާ ގުޅިގެން ހިންގާ މާކެޓިން ހަރަކާތްތަކުގައި ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާނެ އެވެ. ވެއިޒިން ޕޭގެ ނުފޫޒާ އެކު، ޗައިނާގެ ފަތުރުވެރިންނަށް ލީޑިން މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަ ކުރެވިގެންދާނެ އެވެ.

މޯލްޑިވްސް މީޑިއާ މީޓް ކޮންފަރެންސް ނިންމާލަމުން ސުވާލާއި ޖަވާބު ފޯރަމެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ ފަތުރުވެރިކަމުގައި އެންމެ މަގުބޫލު އެއް ގައުމު ގޮތުގައި ރާއްޖެ ހިމެނެނީ ކީއްވެ ކަމާއި ޗައިނާއިން ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ސަބަބާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް