ads
ރައީސް މުއިއްޒު ފޮޓޯ: ރައީސް އޮފީސް
ފައިދާހުރި ޑިޖިޓަލް ހިދުމަތްތައް ދޭން އަބަދުވެސް މަސައްކަތްކުރާނަން: ރައީސް
މި ސަރުކާރުގައި އަބަދުވެސް މަސައްކަތްކުރާނީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި ޑިޖިޓަލް ހިދުމަތްތައް ތައާރަފްކުރަންކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވެފައިވަނީ "ސްމާޓް މޯލްޑިވްސް: ޑިޖިޓަލް އިންކްލޫސިވް ކޮމިއުނިޓީއަކާ ދިމާއަށް ކުރާ ދަތުރު" މި މައުލޫއަށް އެންޓިގުއާ ބާބިއުޑާގައި ކުރިއަށް ދާ ސްމޯލް އައލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ 4 ވަނަ ކޮންފެރެންސްގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެހެން ގިނަ ކުދި ޖަޒީރާ ގައުމުތައް ފަދައިން ރާއްޖޭގައި ގުދުރަތީ ވަސީލަތްތައް މަދުކަމަށް ވިދާޅުވެ އިގްތިސޯދު ފުޅާކުރެވޭނެ ވަސީލަތްތައް މަދުކަމަށް ފާހަގަކުރައްވާފަ އެވެ.

"ރާއްޖެއަކީ އަކީ ބޭރުގެ ލޮޅުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ހާސިލްކުރުމުގައި ދަތިތަކެއް ކުރިމަތިވާ ގައުމެެއް، އަޅުގަނޑުމެންނަކީ ޖަޒީރާ ދައުލަތެއް، އަޅުގަނޑުމެނަށް ކުރިމަތިވެފައިވާ ދަތިތައް އަޅުގަނޑުމެންނަށް ހާއްސަ ނަމަވެސް މި ސިފަތަކުގެ ސަބަބުން، މި ގޮންޖެހުންތަކުގެ ސަބަބުން ގިނަ ބައެއް އެކަމާ އަޅުގަނޑުމެންނާ އެއްބަސްވާނެ" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ގޮންޖެހުންތަކަކީ އަބަދުވެސް ދިމާވާ ގޮންޖެހުންތަކެއް ކަމަށްވީނަަމަވެސް ހިތްހަމަޖެހޭ ފެންވަރެއްގެ އާންމު ހިދުމަތްތައް ފޯރުކޮށްދީ، އެންމެންނަށް ހަމަހަމަ ފެންވަރެއްގެ ތަރައްގީއެއް ކަށަވަރުކުރުމަކީ ކޮންމެ ސަރުކާރަކަށްވެސް ފަސޭހަކަމެއް ނޫންކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން މި ޑިޖިޓަލް ޒަމާނުގައި ޓެކްނޮލޮޖީގެ ގެ ގިނަގުނަ ވަސީލަތްތައް ހުރުމަކީ ސިޑްސް ގެ ގައުމުތަަކަށް ލިބިގެންދާ ހެޔޮ ހަބަރެއްކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"އިނޮވޭޝަން އާއި ޓެކްނޮލޮޖީ ގަބޫލުކުރުމުގެ ސަބަބުން ލިބިފައިވަނީ ބިނާކުރަނިވި ބަދަލުތައް ގެނެވޭނެ ވަސީލަތްތައް އަދި ތަރައްގީގެ ހުރަސްތަކުންވެސް އަރައިގަނެވޭނެ މަގުތައް" ރައީސް ވިދާޅުވި އެވެ.

ޓެކްނޮލޮޖީ ލިބޭ ވަސީލަތްތައް ބޭނުންކުރެވެން އޮތް އެންމެ ފުޅާދާއިރާއަކަށް ބޭނުންކޮށްފިނަމަ މޫސުމަށް އަންނަ ބަދަލުތަކާ އެކު އުޅެން ދަސްވެ، ސިއްހީ ފަރުވާ އިތުރުކޮށް، ތައުލީމީ ނިޒާމު ކުރިއަރުވާ އާންމު ހިދުމަތް ފޯރުކޮށްދިނުން ރަނގަޅުވެ, އިގްތިސާދު ފުޅާކޮށް އިތުރު އެހެނިހެން ފުރުސަތުތައް އުފެދިގެން ދާކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން އެޕްލިކޭޝަންތަކާއި ޕޯޓަލްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ޔުޓިލިޓީސް , ސިއްހީ ފަރުވާ, ތައުލީމީ ބޯހިޔާވަހިކަމާއި އިޖްތިމާއީ ރައްކާތެރިކަމުގެ ހިދުމަތްތައް ފަދަ މުހިންމު ހިިދުމަތްތައް ހުރިހާ ރާއްޖޭގެ ރައްޔިތުންނަށް އަދި ރަާއްޖޭގެ އެކި މުޖުތަމައުތަކަށް ވެސް މިވަނީ ގެނެސްދެވިފަ" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ސައިބާ ސެކިއުރިޓީ ދަށްވުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ދިމާވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ހުއްދަނެތި އެކްސެސް ލިބުން، އެކަުންޓް ހައިޖެކް ކުރުމާއި ޑޭޓާ ބްރީޗިން ދަނީ ދުވަހުން ދުވަހަކަށް އިތުރުވަމުންކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"ގްލޯބަލް ސެކިއުރިޓީ އިންފްރާސްޓްރަކްޗަރަކީ ހަމައެކަނި އެދެވޭ ކަމެއް ނޫން އެއީ އަސާސީ ކަމެއް" ރައީސް ވިދާޅުވި އެވެ.

ޑިޖިޓަލް ދުނޔެއަށް އާ އިންގިލާބުގެ ސަބަބުން ޖަރީމާ ހިންގުމަށް ބޭނުންކުރާނެ މީހުންނާ ދެކޮޅަށް ޑިޖިޓަލް ފްރޮންޓިއަރުތައް ތަރުބިއްޔަތުކޮށް ވަރުގަދަ ކުރުމަށް އެހީވެދެއެވެ. އަދި މި މިސްރާބަށް ވިސްނައިގެން ރާއްޖެއިން އިން ދަނީ "ހޯލިސްޓިކް ޓެކްނޮލޮޖީ ގަވަރނަންސް" އަށް މަގުފަހިކުރުމާ ދިމާލަށް ނޭޝަނަލް ސެންޓަރ ފޯ ޓެކްނޮލޮޖީގެ ދައުރު އިތުރަށް ފުޅާކުރަމުންކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސްވަފުދެއް ވަނީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓިގާ ބާބުޑާއަށް ވަޑައިގެންފަ އެވެ. 

ސިޑްސްގެ ސަމިޓްގެ ޕްލީނަރީ ސެޝަންގައި ރައީސް ވަނީ ދިވެހިރާއްޖޭގެ ގައުމީ ބަޔާން އިއްވަވާފައެވެ.މީގެ އިތުރުން ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ގައުމުތަކުގެ ވަފްދުތަކުގެ މަތީފަންތީގެ ބައެއް ބޭފުޅުންނާ އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް