ads
މިނިސްޓްރީ އޮފް ސިޓީސް އެންޑް ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފު އުމަރު - ފޮޓޯ: ރައީސް އޮފީސް
15 އަތޮޅެއްގައި ޕަބްލިކް ވޯރްކްސްގެ ސައިޓުތައް ގާއިމްކުރަނީ
ރާއްޖޭގެ އިތުރު 15 އަތޮޅެއްގައި ޕަބްލިކް ވޯރްކްސްގެ ސައިޓުތައް ޤާއިމުކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ސިޓީސް އެންޑް ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
Advertisement

އެ މިނިސްޓްރީން ބޭއްވި މަސައްކަތު ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވީ، އަތޮޅުތެރޭގައި މިހާރު ހުރި ޕަބްލިކް ވޯރްކްސް ސައިޓުތަކުގެ އިތުރުން 15 އަތޮޅެއްގައި ސައިޓުތައް ޤާއިމުކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަމަށެވެ. 

އާ ސައިޓުތައް ގާއިމުކުރުމުގެ ކުރިން މިހާރު ހުރި ސައިޓުތަކުގައި ރަނގަޅުކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށާއި އެކަން އެ ވުޒާރާއިން ކުރަމުން ގެންދާނެ ކަމަށާއި، އެގޮތުން އެ ޔުނިޓްތައް ހިންގާނެ ގޮތާއި، މަސްއޫލިއްޔަތާއި ޒިންމާ އަދި މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި މުއާމަލާތް ކުރާނެ ގޮތްވެސް މަޝްވަރާކުރެވިގެންދާނެ ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ، ޕަބްލިކް ވޯރްކްސް ސައިޓުތަކުގައި ހުރި ވަސީލަތްތަކަކީ ފަންނީ ބޭފުޅުންނަށް އެކަން އެންމެ ރަނގަޅަށް ކުރެވޭނެ ތަކެތި ކަމަށާއި، އަދި ޕަބްލިކް ވޯރްކްސް މަސައްކަތް ހިނގަމުންދާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކާއެކުގައި ކަމަށް ވަނީ ވިދާޅުވެފަ އެވެ.

"ލާމަރުކަޒީ ނިޒާމަށް މި ގެނެވޭ ބަދަލުތަކާއެކީގައި ޕަބްލިކް ވާރކްސްއަށްވެސް ފުޅާކުރަމުންދާއިރު މަރުކަޒީ ލެވެލްގައި އަޅުގަނޑުމެން މިކުރާ މަސައްކަތްތައް ސިޓީތަކަށް އަދި އަތޮޅުތަކަށް ފެތުރިގެންދާ ދިޔުމުގައި އަޅުގަނޑުމެން ކައުންސިލްތަކަށް އިތުރަށް މި މަސައްކަތްތައް ކުރުމަށް ފަހިވެގެންދާނެ ގޮތަކަށް އަދި ޕަބްލިކް ވާރްކްސް ޔުނިޓްތަކުގައި ހުންނަ ވަސީލަތްތައް ހިމެނޭ ގޮތަކަށް ވަސީލަތްތައްވެސް ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި އެ ރަށެއްގެ ރައްޔިތުންނަށް އެއަތޮޅުގެ އެހެން ރަށްރަށަށްވެސް އެ ހިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ލިބޭނެ ގޮތުގެ މައްޗަށް މިދަނީ މަސައްކަތް ކުރަމުން" އާދަމް ޝަރީފް ވިދާޅުވި އެވެ.

 

އާދަމް ޝަރީފް އިތުރަށް ވިދާޅުވެފައި ވަނީ، ރާއްޖޭގައި ޕަބްލިކް ވޯރްކްސް ހިދުމަތް ދެމުންދާތާ މިހާރު ގާތްގަނޑަކަށް 30 ވަރަކަށް އަހަރު ވެގެން ދިޔައިރު، ރާއްޖޭގެ ގިނަ ރަށްތަކުގައި ޕަބްލިކް ވޯރްކްސް ސައިޓުތައް ހުރީ ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް