ads
އުމުރުން ދުވަސްވީމީހެއް ފޮޓޯ: އަޓޯލް ޓައިމްސް
ގަދަބާރުން މައިންބަފައިން އަތުން ޕެންޝަން ފައިސާ ނަގާ މައްސަލަ ބޮޑު: މިނިސްޓްރީ
ގަދަބާރުން މައިންބަފައިންގެ އަތުން ޕެންޝަން ނަގާ މައްސަލަ މިހާރަކަށް އައިސް ބޮޑުވެފައިވާ ކަމަށް އިޖުތިމާއި އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

މިއަދު އިޖްތިމާއީ އަދި އާއިލީ ތަރައްގިއާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ސީއީއޯ ޝިރާނީ ވިދާޅުވީ މިހާރަަކަށް އައިސް ދަރިންގެ ފަރާތުން މާލީ ގޮތުން ބެލެނިވެރިންނަށް "އަނިޔާ" ލިބޭ ކަމަށެވެ.

"މާލީގޮތުން ހާއްސަކޮށް ބެލެނިވެރިންނަށް ކުދިންގެ ފަރާތުން މާލީގޮތުން، ބޮޑެތި ދަރިންގެ ފަރާތުން ދަނީ އެކި ކަހަލަ އަނިޔާތައް ކުރަމުން ކަން ފާހަގަކޮށްލެވޭ" ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ސީއީއޯ ވިދާޅުވި އެވެ.

އަދި ވިދާޅުވީ، ދުވަސްވީ ބެލެނިވެރިންނަށް މާލީ ގޮތުން އެންމެ ގިނައިން އަނިޔާ ދެމުން ގެންދަނީ ދަރިންގެ ތެރެއިން މަސްތުވާ ތަކެތި ބޭނުންކުރާ މީހުންގެ ފުށުން ކަމަށެވެ.

"އޭގެތެރޭގައި އުުމުރުންދުވަސްވީ މީހުންނަށް ލިބޭ އެލަވަންސް ނަހަމަގޮތެއްގައިހިފޭއްޓުމާ އެފަދަ ކަންކަން ފާހަގަކުރެވޭ، އަނިޔާ ކުރާ ފަރާތްތަކުގެ ޓްރެންޑަށް ބަލާއިރުގައި ޝާމިލްވާ ގިނަ ފަރާތް ތަކަކީ މަސްތުވާތަކެތި ނަގާ ފަރާތްތަކުގެ ގޮތުގައި ފާހަގަކުރެވޭ" ޝިރާނީ ވިދާޅުވި އެވެ.

މީގެ އިތުރުން ކުރިއާ ހިލާފަާށް ސައިބާ ކްރައިމްސް ހިމެނޭ މައްސަލަތައްވެސް އިތުރުވަމުންދާކަމަށް އެ ވުޒާރާއިން ފާހަގަކުރިއެވެ. އެގޮތުން ބްލެކް މެއިލް ކުރުމާ، ފާޑުފާޑުގެ މެސެޖް ފޮނުވުމާ ލީކް ކުރުން ހިމެނޭކަމަށް ޝިރާނީ ވިދާޅުވި އެވެ. 

މީގެ އިތުރުން ގެވެށި އަނިޔާގެ މައްސަލަތަކަށްވެސް ޝިރާނީ ވަނީ އަލިއަޅުވާލާފަ އެވެ.

"އެފްބީއާ ހަމައަށް ރިޕޯޓްވެފައި ހުރި ގޮތައް ބަލާއިރުގަ ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި އަންހެނުން ޝާމިލުވާ 194 އާ މައްސަލަ ހުށަހަޅާފައިވޭ ، އަދި ފިރިހެނުން ޝާމިލުވާ 84 މައްސަލަ ހުށަހަޅާފައިވޭ" މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ޒާތީ ގުޅުންތަކަށް ހުށަހެޅިފައިހުރި މައްސަލަތަކުގެ ތެރޭގައި ކައިވެނިކޮށްގެން، އިނދެ ވަރިކޮށްފައިވާ މައްސަލަތަކަށް އިޝާރާރްކޮށް ޝިރާނީ ވަނީ މައިންބަފައިން ހިމެނޭގޮތައް 23 މައްސަލައެއް ހުށަހަޅާފައިވާކަން ފާހަގަކޮށްފަ އެވެ. 

އަދި ކައިވެނީގެ ގުޅުމުގެ ގޮޮތުން ހުރި ފަރާތްތަކުގެ މައްސަލަތަކަށް ބަލާއިރުގަ 84 މައްސަލައެއް އެބަ އުޅޭކަމަށާއި އަދި ކުރިޔާ ހިލާފަށް އެންމެ ގިނައިން ފާހަގަކުރެވިފައިވަނީ ނަފްސާނީ ގޮތުން އަނިޔާ އަދި އަނގަބަހުން ކުރެވޭ އަނިޔާ އިތުރުވަމުން ދާކަަމަށް ކަން ޝިރާނީ ފާހަގަކުރިއެވެ. އެގޮތުން 162 މައްސަަލަ، ޖިސްމާނީ އަނިޔާގެ 148 މައްސަލަ އަދި ކުޑަކުދިންގެ ކުރިމަތީގައި ކުރާ ގެވެށި އަނިޔާގެ މައްސަލާގެ ގޮތުގައި 87 މައްސަލަ ރިޕޯތްކޮށްފައިވާކަމަށް ޝިރާނީ ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ބޮޑުވެފައިވާ އަދި ފުރިހަމަ ހައްލެއް ލިބިފައިނުވާ މައްސަލައެކެވެ. ފާއިތުވި 6 މަސް ދުވަސް ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް 309 އޮޕަރޭޝަން ހިންގައި މިހާތަނަށް 35 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިިން ބުނެފައިވެއެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ކުދިން އަލުން މުޖްތަމައުއަށް ރަނގަޅުގޮތުގައި ނެރެން ރައީސް މުއިއްޒުގެ ސަރުކާރުން އަންނަނީ ގިނަ ގުނަ މަސައްކަތްކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް