މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒީނިޔާ ވިދާޅުވީ، އާސަންދައިގެ ދަށުން ތައިލެންޑް އަދި ޔޫއޭއީއަށް ބޭހަށް ދެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށެވެ.
ޒީނިޔާ ވިދާޅުވީ، ރާއްޖެއިން ލިބެން ނުހުންނަ ފަރުވާ ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތާއި އެއްގޮތަށް ސްރީލަންކާ އަދި އިންޑިއާއަށް ބަރޯސާ ނުވެ އެހެން ގައުމުތަކަށް ފޮނުވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.
އާސަންދައިން ވަނީ މިއަހަރުގެ ޖެނުއަރީ 17 ގައި ވެސް ތައިލެންޑާއި ޔޫއޭއީއަށް ބޭސްފަރުވާއަށް މީހުން ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށް ބުނެފަ އެވެ. މިހާތަނަށް ލަންކާ އަދި އިންޑިއާ ފިޔަވައި އެހެން ގައުމަކުން އާސަންދައިގެ ދަށުން ބޭސް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައެއް ނުވެއެވެ.