ads
ފަލަސްތީނުގެ ޝަހީދުންގެ އާއިލާތަކަށް 1000 ހައްޖު ޖާގަ
ފަލަސްތީނުގައި އިޒްރާއީލުން ހިންގާ ޖަރިމާތަކުގައި ޝަހީދުވެފައިވާ މީހުންގެ އާއިލާތަކަށް މިއަހަރުގެ ހައްޖުގައި 1000 ޖާގަ ހާއްސަކުރަން ސައުދީ ރަސްގެފާނު ނިންމަވައިފިއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ މުސްލިމުންނަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ދެއްވާ ހައްޖު މިފަހަރު ޖުމްލަ 2332 މީހަކަށް ދިނުމަށް ވަނީ ނިންމާފައެވެ. 

ސައުދީ ސަރުކާރުން ބުނީ އޭގެ ތެރެއިން 1000 ޖާގަ ފަލަސްތީނުގެ ރައްޔިތުންނަށް ރަސްގެފާނު ހާއްސަކޮށްފައިވާކަމަށެވެ. އަދި މި ޖާގަތައް ދޭނީ އިޒްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އާއިލާ މެމްބަރުންނަށްކަމަށެވެ، އޭގެ އިތުރުން އެކި ޖަލުތަކުގައި ބަންދުވެފައިވާ ގައިދީންގެ އާއިލާތަކާއި ހަމަލާތަކުގައި ޒަހަމްވި މީހުންނަށްވެސް ޖާގަ ހާއްސަކުރާނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ. 

ރަސްގެފާނު ދެއްވާ ހައްޖުގެެ ފުރުސަތުން ފަލަސްތީނަށް ހާއްސަ ކުރާ ޖާގަތައް ފިޔަވާ ދެން ހުރި ޖާގަތައް ދޭނީ 88 ގައުމެއް މުސްލިމުންނަށްކަމަށް ސައުދީ ސަރުކާރުން ބުނެއެވެ. 

މީގެ 26 އަހަރު ކުރިން ސައުދީ ރަސްގެފާނު ފެއްޓެވި މި ޕްރޮގްރާމްގެ ދަށުން، މިހާތަނަށް އެކި ގައުމުތަކުން 60،000 އަށް ވުރެ ގިނަ މުސްލިމުންނަށް ހައްޖުކުރުމުގެ ފުރުސަތު ދީފައިވާކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ. 

މިއަހަރުގެ ހައްޖު ދުވަހަކީ އަންނަމަހު 16 ވަނަދުވަހެވެ. މިއަހަރުގެ ހައްޖަށް 2 މިލިއަނަށްވުރެ ގިނަ މީހުން ދާނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް