ޝަލަބީ އެކްގައިކުރި ޕޯސްޓުގައި ބުނީ ހިލޭ ސާބަހަށް ފަންނުވެރީންގެ މަސައްކަތްތައް ދައްކާދެއްކުން ނިމުމަކަށް ގެންނަންވެއްޖެ ކަމަށެވެ.
އޭނާ ބުނީ ސަރުކާރުތައް ކިތަންމެ ވަރަކަށް ބަދަލުވި ނަމަވެސް ފަންނުވެރިންގެ އުފެއްދުންތައް ބޭނުން ކުރާއިރު، އެމީހުންނަަށް މަންފާއެއް ނުކުރާނަމަ ފަންނުވެރީން ކުރި ނާރާނެ ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ފަންނުވެރިންގެ އުފެއްދުންތައް ޓީވީ ޗެނެލްތަކުންނާއި ރޭޑިއޯ ސްޓޭޝަންތަކުން ބޭނުން ކުރާއިރު ފަންނުވެރިންނަށް އޭގެން މަންފާ ކުރާ ކަމަށެވެ.
ފަންނުވެރިންގެ އުފެއްދުންތައް ބޭނުން ކުރާއިރު، އެމީހުންނަށް އެއްވެސް ވަރެއްގެ މަންފާއެއް ނުވާކަމުގެ ޝަކުވާއަކީ އަބަދުވެސްމފަންނުވެރިން ކުރާ ޝަކުވާ އެކެވެ. ނަމަވެސް އެކަމަށް ފާއިތުވި އަހަރުތަކުގައި އެއްވެސް ވަރެއްގެ ހައްލެއް ގެނެވިފައެއް ނުވެ އެވެ.
ރާއްޖޭގެ ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތައް ހިމާޔަތްކޮށްދީ ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް ހިމާޔަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަގުޗާޓެއް އެކުލަވައިލައްވައިފަ އެވެ. އެ މަގުޗާޓުގެ ދަށުން ކޮޕީރައިޓު ގާނޫނު އިސްލާހު ކުރުމަކީ މި ސަރުކާރުން ފުރަތަަމަ 14 ހަފުތާގެ ތެރޭގައި ފުރިހަމަ ކުރަން ވީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.