ads
މިއަހަރު ނިމުމުގެ ކުރިން މެދުރާއްޖެތެރޭ އާރުޓީއެލް ފަށާނެ: އަމީން
މިއަހަރު ނިމުމުގެ ކުރިން މެދުރާއްޖެ ތެރޭގައި ތިން އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
Advertisement

ގައުމީ ފެރީ ނިޒާމުގެ ހިދުމަތުގައި ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ވެރިކަމުގައި ދޭން ފެށި އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ 2022 ވަނަ އަހަރު ޖޫންމަހުގެ 12 ވަނަދުވަހުއެވެ. 6 ޒޯނަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި ހިދުމަތް މިހާރުވަނީ 4 ޒޯނެއްގައި ފަށާފައެވެ. 

އާރުޓީއެލް ހިދުމަތް މިހާރު ދެމުން އަންނަ ޒޯންތައް

  • ޒޯން 1  / ހއ. ހދ. އަދި ށ. އަތޮޅު 
  • ޒޯން 2 / ޅ. އަތޮޅު 
  • ޒޯން 5 /  ގއ. އާއި ގދ އަތޮޅު 
  • ޒޯން 6 / ފުވައްމުލައް އަދި އައްޑޫ ސިޓީ  

އާރުޓީއެލް ހިދުމަތް ނުފަށާ ޒޯންތައް

  • ޒޯން 3 / ކ، އއ، އދ، ވ އަތޮޅު 
  • ޒޯން 4 / މ، ފ، ދ، ތ، ލ އަތޮޅު 

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އާރުޓީއެލްގެ ހިދުމަތް ނުފެށި އޮތް ޒޯން ތިނެއްގައި ހިމެނޭ ނ. ބ. ރ އަތޮޅުގައި މިއަހަރު ނިމުމުގެ ކުރިން އެ ހިދުމަތް ފަށާނެކަމަށެވެ. އެގޮތުން އަންނަ މަހު ނ އަތޮޅުގައި ހިދުމަތް ފަށާނެކަން މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ރ. އަތޮޅުގައި ހިދުމަތް ފަށާނީ އަންނަ އޮގަސްޓްމަހުކަމަށެވެ. އަދި ބ. އަތޮޅުގައި ސެޕްޓެމްބަރު ހިދުމަތް ފަށާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

އާރުޓީއެލްގެ ހިދުމަތުގެ މުހިއްމުކަން ފާހަގަކުރައްވަމުން މިނިސްޓަރު އަމީން ވިދާޅުވީ އެ ހިދުމަތް ދެމުން އަންނަ ލޯންޗުތައް ދަތުރުކުރަމުންދާ ރޫޓްތަކަށް ބަދަލުތައް ގެންނަމުންދާކަމަށެވެ. އަދި ލޯންޗުތައް މަޑުކުރާ ސްޕޮޓްތަކަށްވެސް ބަދަލު ގެންނަމުންދާކަމަށާއި މި ބަދަލުތައް ގެންނަނީ މި ހިދުމަތް ބޭނުންކުރާ މީހުންގެ ތަފާސް ހިސާބުތަކަށް ބަލައިގެން ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ. 

އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ސަބަބުން 86 އިންސައްތަ ގޭބިސީތަކުން ދަތުރުފަތުރަށް ކުރާ ހަރަދު ވަނީ ކުޑަވެފައިވެފައި ކަމަށް އެކަމާ ގުޅޭގޮތުން ހެދި ދިރާސާއަކުން ވަނީ ދައްކާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް