ޖަރުމަނުގެ ގަދަބާރު، ބަޔާން މިއުނިކްގެ ކޯޗު ކަމަށް ކޮމްޕެނީ ހަމަ ޖެއްސިއިރު، އޭނާ އެންމެ ފަހުން ހުރީ ބާންލީގެ ކޯޗަކަށެވެ. ބާންލީވަނީ އިގިރޭސި ޕްރިމިއާ ލީގުން މި ނިމުނު ސީޒަންގައި ރެލިގޭޓްވެފައެވެ. ރެލިގޭޓްވީ ޓީމެއްގެ ކޯޗު، ޖަރުމަންގެ އެންމެ ވަރުގަދަ ޓީމުގެ ކޯޗު ކަމަށް އައްޔަން ކުރުމަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބިގެން ދިޔަ ކަމެކެވެ.
ބަޔާންގެ އާ ކޯޗުގެ ގޮތުގައި ކޮމްޕެނީ މިއަދު ހަމަ ޖެއްސިއިރު، ކޮމްޕެނީ މިއަދުވަނީ ބަޔާންއާއެކު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ.