ads
36 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު - ފޮޓޯ: ފުލުހުން
ގައުމީ ލޭ އޮފިސަރުންގެ ހަށިގަނޑުން ހިނގާކަން ފެންނަން ޖެހޭ: ސީޕީ
ގައުމުދެކެ ލޯބިވާކަން، ގައުމީ ލޭ ފުލުހުންގެ ކޮންމެ އޮފިސަރެއްގެ ހަށިގަނޑުގައި ހިނގާކަން ފެންނަން ޖެހޭ ކަމަށް ފުލުހުންގެ ކޮމިޝަނަރު، އަލީ ސުޖާއު ވިދާޅުވެއްޖެ އެވެ.

ސީޕީ މިހެން ވިދާޅުވީ، ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސުޖާއު ވިދާޅުވީ މިހާރު މިއޮތީ ކޮންމެ ފުލުހަކު ވަކިވަކީން ވެސް މަސްތުވާތަކެތި ހުއްޓުވުމަށް މަސައްކަތް ކުރާންޖެހޭ ހިސާބަށް ކަންކަން ގޮސްފައި ކަމަށެވެ. އެހެންކަމުން މަސައްކަތުގައި ހީވާގިވުމަށް ސުޖާއު ފުލުހުންނަށް ނަސޭހަތްތެރިވި އެވެ.

"ގައުމުދެކެ ލޯބިވާކަން، ގައުމީ ލޭ ތިޔައިން ކޮންމެ އޮފިސަރެއްގެ ހަށިގަނޑުގައި ހިނގާކަން ފެންނަން އެބަޖެހޭ، ތިޔަ އޮފިސަރުންނާ ހަވާލު ކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރާ ގޮތުން މިދެންނެވި ސިފަތައް ހުރިކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެ، ރައްޔިތުންގެ ކަންބޮޑުވާ ކޮންމެ ކަމަކީ ތިޔަ އޮފިސަރުންގެ ކަންބޮޑުވުމެއްކަން އަމަލާއި ބަހުން ދައްކަން އެބަޖެހޭ، ހަވާލު ކުރެވޭ ޑިއުޓީ އަދާ ކުރުމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމަށް އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރަންޖެހޭ" ސުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ، ޔުނީފޯމް އެޅި ފުލުހަކު ފެންނަން ހުރެއްޖެނަމަ އޭގެ ޒާތުގައި ވަަރަށް ގިނަ ކަންކަން ހައްލުވާނެ ކަމަށެވެ. ނަތީޖާއަކަށް ވާނީ މަސްތުވާތަކެތި ފާޅުގައި އެތެރެ ކުރުމަށް ޖެހިލުންވުން ކަމަށާއި، ޝައްކު ކުރެވޭ މީހުން އޮންނަ އުސޫލުގެ ތެރެއިން ބަލާ ހިސާބުން އެރަށަކަށް މަސްތުވާތަކި އެތެރެ ކުރުން ވަރަށް ބޮޑަށް ހުއްޓިގެން ދާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

your image36 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު - ފޮޓޯ: ފުލުހުން

ސުޖާއު ވިދާޅުވީ ކޮންމެ ފަރުދަކާމެދު ވެސް ހަމަހަމަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަކީ ފުލުހުން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމެއް ކަމަށެވެ.

"އަބަދުވެސް ކަންކަން ހައްލުކުރުމުގައި ފުލުހުންނަށް ލިބިފައިވާ ބާރުގެ ބޭނުން ކުރުމަކީ އެންމެފަހުން ކުރާ ކަމެއްގެ ގޮތުގައި ހަދަން އެބަޖެހޭ، އިސްލާމީ ރިވެތި ސުފަތައް ނަފުސުތަކުގައި ހަރުލައްވަން އެބަޖެހޭ، މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމުން ފުލުހުން އެއްކިބާ ވާންޖެހޭ،" ސުޖާއު ވިދާޅުވި އެވެ.

ސީޕީ އިތުރަށް ވިދާޅުވީ، ފުލުހުންގެ ހިދުމަތަކީ ކިޔެވުމާއި އުނގެނުމަށް ބާރު އަޅާ އޮފިސަރުންނަށް ފަހި ފުރުސަަތެއް އޮތް ހިދުމަތެއް ކަމަށެވެ. ކިޔަވައިގެން ނޫނީ ފުލުހުންގެ ހިދުމަތް ކުރިއަށް ނުދާނެ ކަަމަށާއި ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ނުދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯހުން ވަނަވަނައަށް ގޮސްފައިވާ ދަރިވަރުންނަށް ސެޓްފިކެޓް ދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އެވެ. އެގޮތުން ހުރިހާ ގޮތަކުން އެންމެ މޮޅު ސްކޮޑަކަށް ބީފާނު ސްކޮޑް ހޮވިފައިވާއިރު، ހުރިހާ ގޮތަކުން އެންމެ މޮޅު އޮފިސަރަކަށް ހޮވިފައިވަނީ ސާޖެންޓު އަހުމަދު ނިހާދެވެ. މިއާއެކު ސާޖެންޓް ނިހާދު ވަނީ ކޮމިޝަނާސް އެކްސެލެންސް އެވޯޑުވެސް ހާސިލް ކުރައްވާފަ އެވެ.

މި ކޯހުގައި ޖުމްލަ 190 އެއްހައި ދަރިވަރުން ބައިވެރިވިއިރު، 164 ދަރިވަރުން ވަނީ ކޯހުން ދަސްވެނިވެ ފައެވެ. އެއީ 128 ފިރިހެން ބައިވެރިންނާއި 36 އަންހެން ބައިވެރިންނެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް