ads
ބުރުނު ޝިކާރު މުބާރާތުގެ ނިމުން
ބުރުނު ޝިކާރު ޗެމްޕިއަންކަން ކުޑަ އައްޔައަށް
ބުރުނު ޝިކާރު ބޮޑީ ބޯޑިން މުބާރާތުގެ ޗެމްޕިއަންކަން އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ހޯދައިފި އެވެ.
Advertisement

ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު ކުޑަ އައްޔަ، މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރުނު ޝިކާރުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އަލީ ޖާވިދު (ޖާއްޓެ) ބަލިކޮށްގެނެވެ. ޖާއްޓެއާ ވާދަކޮށް ކުޑަ އައްޔަ ފައިނަލް ހީޓު ކާމިޔާބުކުރީ 11.67 ސްކޯކޮށްގެންނެވެ. ޖާއްޓެ އަށް ސްކޯކުރެވުނީ 9.77 އެވެ. ކުޑަ އައްޔަގެ އެންމެ ރަނގަޅު ރާޅުގައި އޭނާ ވަނީ 6.17 ސްކޯކޮށްފަ އެވެ. ދެވަނަ އަށް އެންމެ ރަނގަޅު ރާޅުގައި އޭނާ ވަނީ 5.50 ސްކޯކޮށްފަ އެވެ.

ކުޑަ އައްޔަ ވަނީ މީގެ ކުރިން މި މުބާރާތް ހަތަރު ފަހަރު ކާމިޔާބު ކޮށްފަ އެވެ. އެކަމަކު މިދިޔަ އަހަރު ފައިނަލުގައި ކުޑަ އައްޔަ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އަޝްރަފް ހަސަން އެވެ. އަޝްރަފަކީ ކުޑަ އައްޔަ ބަލިކޮށް މު މުބާރާތް ކާމިޔާބުކުރި ހަމައެކަނި ބޮޑީބޯޑަރެވެ.

މި އަހަރުގެ މުބާރާތުގެ ޑްރޮޕް ނީ ކެޓަގަރީ ވެސް ކާމިޔާބުކުރީ ކުޑަ އައްޔަ އެވެ. ފައިނަލުގައި ކުޑަ އައްޔައާ ވާދަކުރީ ޒުވާން ތަރި އާމިން އުމަރު މޫސާ އެވެ. ފައިނަލުގައި ކުޑަ އައްޔަ ވަނީ 10.00 ސްކޯކޮށްފަ އެވެ. އާމިން އަށް ސްކޯކުރެވުނީ 6.67 އެވެ.

މި އަހަރުގެ މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު އަޒާން އަހުމަދެވެ. ފައިނަލުގައި އަޒާން ވާދަކުރީ މުހައްމަދު ޖަރީޝް ޖިހާދުއާ އެވެ. އަޒާން ވަނީ ފައިނަލުގައި 9.80 ސްކޯކޮށްފަ އެވެ. ޖަރީޝް އަށް ސްކޯކުރެވުނީ 8.10 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް