ads
ރަސްމާލެ އަޅާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފެށެމުގެ ތެރެއިން. ރަސްމާލެއަށް ބޭނުންވާ ބިން ހިއްކާ ނިމޭނީ މިއަހަރުގެ ނިޔަލަށް ކަމަށް މިނިސްޓްރީން މިއަދު ވަނީ ބުނެފައި
ރަސްމާލޭގެ ހައުސިން ޔުނިޓަށް ތަކެތި އުފައްދާ ފެކްޓަރީ އަޅާނީ ރާއްޖޭގައި: މުއްތަލިބް
ބޯހިޔާވަހިކަމަށް ހައްލު ހޯދާދިނުމަށް މި ސަރުކާރުން ހަދާ "ރަސްމާލޭ" ގައި އަޅާ ފުރަތަމަ ހައުސިން ޔުނިޓްގެ މަސައްކަތް ހަމަޖެހިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
Advertisement

ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ ހިއްކުމުގެ މަސައްކަތް ފައްޓަވައި ދެއްވީ މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ. މި ބިމަކީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮލުމުން ވާވަރުގެ ތިން ގުނައެވެ. މި މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމަން ނިންމި ނަމަވެސް އެ މަސައްކަތް މިހާރު ނިމޭނީ މިއަގަރުގެ ނިޔަލަށްކަމަސް ސަރުކާރުން މިއަދު ވަނީ ބުނެފައެވެ. 

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވީ ރަސްމާލޭގައި އަޅާ އެންމެ ފުރަތަމަ އަޅާ 15،000 ހައުސިން ޔުނިޓްގެ މަސައްކަތް މިހާރުވަނީ ހަމަޖެހިފައިކަމަށެވެ. އެ މަސައްކަތް ކުރާނީ ޗައިނާގެ ކުންފުންޏަކުންކަށް ހާމަކުރައްވަމުން މުއްތަލިބް ވިދާޅުވީ މަސައްކަތް ފެށުމާއި ވަރަށް ކޮލެޓީކޮށް ވަރަށް ބާރު ސްޕީޑުގައިކަމަށެވެ. 

އެ މަޝްރޫއަށް ބޭނުންވާ ސާމާނު އުފައްދާނީ ރާއްޖޭގައި ކަމަށާއި އެކަމަށް ބޭނުންވާ ފެކްޓަރީވެސް އަޅާނީ ރަސްމާލޭގައިކަމަށް މުއްތަލިބު ވިދާޅުވިއެވެ. އަދި މި ފެކްޓަރީ ހުންނާނީ ފުށިދިއްގަރު ފަޅުން ރަސްމާލެއަށް އެންމެ ފުރަތަމަ ހިއްކާ ބިިމުގައިކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ.

ރަސްމާލޭގައި 30،000 ހައުސިން ޔުނިޓް ޗައިނާއިން އަޅާދޭން ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން ސަރުކާރުން ކުރުން ވަނީ ހާމަކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރީ ރައީސް މުހައްމަދު މުއިއްޒު ކުރެއއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި މިދިޔަ ޖެނުއަރީގައި ޗައިނާއަށް ވަޑައިގެން އެގައުމުގެ ރައީސް ޝީ ޖިންޕިންއާ އެކު ބޭއްވެވި ދެ ގައުމުގެ ރަސްމީ ވާހަކަތަކަށް ފަހުއެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް