ފިޝަރީޒް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ހއ. ބާރަށު ސަރަޙައްދުގައި އެޅުމަށް ހަމަޖެހިފައިވާ ވަދު ކަނދު ފައްޗާބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރިކަމަށެވެ. އަދި ހއ. ބާރަށުގައި ސްޕޯޓްސް ފިޝިންގް ބަނދަރެއް އެޅުމަށްވެސް މަޝްވަރާކުރި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
ހއ. ބާރަށު ރައްޔިތުން ޝުޖާއަށް މަރުހަބާ ކިޔަނީ
20 ވަނަ ރައްޔިތުން މަޖލީހުގެ އިންތިހާބުގައި އެންމެ ގިނަ ވޯޓް ހޯދި ކެންޑިޑޭޓަކީ ޝުޖާއުއެވެ. ބާރަށު ދާއިރާއަށް ވޯޓްލުމުގެ ހައްގު ލިބިފައިވާ 3483 މީހުންގެ ތެރެއިން 2447 މީހުން ޝުޖާއުއަށް ވަނީ ވޯޓް ދީފައެވެ. އެއީ އިންތިހާބުގައި ވޯޓްލީ މީހުންގެ 83 އިންސައްތައަށް ވުރެ މަތީ އަދަދެކެވެ.