ads
މޯލްޑިވްސް ޕްރޯ އޮންނާނީ އޮގަސްޓް މަހު
މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން މުބާރާތް އޮގަސްޓް މަހު
އިންޓަނޭޝަނަލް ބޮޑީ ބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ބޯޑީ ބޯޑިން ވޯލްޑް ޓުއާގައި ހިމެނޭ " މޯލްޑިވްސް ޕްރޯ" އަންނަ އޮގަސްޓް މަހުގެ ކުރީކޮޅު ބާއްވަން ތައްޔާރުވާން ފަށައިފިއެވެ.
Advertisement

އޮގަސްޓް މަހު އެކަކު، ނުވައަކަށް ބާއްވާ މޯލްޑިވްސް ޕްރޯ މުބާރާތް މިއީ ރާއްޖޭގައި މި މުބާރާތުގެ ތިންވަނަ ސީރީސްއެވެ. މިދިޔަ ދެ އަހަރުވެސް މި މުބާރާތް ރާއްޖޭގައި ކާމިޔާބު ކަމާއެކު ބޭއްވިއެވެ. މުބާރާތް ކުރިއަށްދާނީ މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައެވެ.

އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ، މޯލްޑިވްސް ޕްރޯ އެންމެ ފުރަތަމަ ބޭއްވި އަހަރުވެސް މުބާރާތުގައި 15 ގައުމަކުން ޖުމްލަ 100 އަށްވުރެ ގިނަ ސާފަރުން ވަނީ ވާދަކޮށްފައެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވި ގައުމުތަކުގެ އަދަދުވަނީ 20 އަށް އިތުރުވެފައެވެ.  

އިންޓަނޭޝަނަލް ބޮޑީ ބޯޑިން މުބާރާތެއް، އޮގަސްޓް މަހު މާލޭގައި ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އިންޓަނޭޝަނަލް ސާފިން މުބާރާތްތައް ބޭއްވޭ ފެންވަރުގެ ބޮޑު ސްޓޭޑިއަމެއް މާލޭ ރާޅުގަނޑު ސަރަހައްދުގައި ގާއިމުކުރުމުގެ މަސައްކަތް މި އަހަރު ފެއްޓެވޭތޯ މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒު އެހެން ވިދާޅުވީ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ "އަހާ" ފޯރަމުގެ ތެރެއިން ބައިވެރިއަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް